އީރާންގެ މިސައިލް ތަކެއް-
ދުނިޔެ
15 Jun 2025 | 10:08
އީރާނުން އިސްރާއިލަށް ފޮނުވި މިސައިލްތަކާއި ޑްރޯންތަކެއް އުރުދުން އިން ވައްޓާލައިފި

ހުކުރު ދުވަހު އުރުދުންގެ ވައިގެ ސަރަގައްދުން އިސްރާއިލަށް ފޮނުވާފައުވާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގޮތުން އުރުދުންގެ ސިފައިން ނެރެފައިވާ ބަޔާނުގައި ބުނީ، ހުކުރު ދުވަހުގެ ހެނދުނު ރޯޔަލް އެއަރ ފޯސްގެ މަތިންދާ ބޯޓުތަކާއި އެއަރ ޑިފެންސް ސިސްޓަމްތަކުން، އުރުދުންގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އުރުދުންގެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މޮމާނީ އޭއެފްޕީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އުރުދުނުގެ ވައިގެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި، އެ ޤައުމަކީ އެއްވެސް ހަނގުރާމައެއްގެ މައިދާނަކަށް ނުވާނެ ކަމަށެވެ.

ހުކުރު ދުވަހު ފަތިހު އިސްރާއިލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އުރުދުނުގެ ވެރިރަށް އައްމާނުގައި އެއަރ ރެއިޑް ސައިރަންތަކުގެ އަޑުއިވުފައިވާއިރު ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން ވަނީ ރައްޔިތުންނަށް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.

އުރުދުންއިން އީރާނުގެ ދިފާއު ހަމަލާތައް ވައްޓާލާފައިވާއިރު، އެގައުމުގެ ސަރުކާރުން ވަނީ އިސްރާއިލުގެ ހަމަލާތައްވެސް ކުށްވެރިކޮށްފައެވެ. އެގޮތުން އުރުދުންއިން މި ހަމަލާ ސިފަކޮށްފައިވަނީ "އދ. ގެ މެމްބަރު ޤައުމެއްގެ ސިޔާދަތަށް ކުރި ސާފު ގޮންޖެހުމެއް" ކަމަށާއި "އެއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރާ ޚިލާފް ޢަމަލެއް" ގޮތުގައެވެ.

މީގެ ކުރިން، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުވެސް އީރާނުން އިސްރާއިލަށް ފޮނުވި ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތައް އުރުދުނުން ވައްޓާލާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ