އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު
ހަބަރު
15 Jun 2025 | 18:29
ވަކިވެވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ، މަހަކު 70،000ރ. ދޭން ހަމަޖައްސަނީ

ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާ އުއްތަމަފަނޑިޔާރަކަށް ލިބޭ އިނާޔަތް ބޮޑު ކުރުމަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް އެކަން ހުށައެޅުމުން އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ފަށާފަ އެވެ. ޖޭއެސްސީން ހުށައަޅާފައި ވަނީ އެލަވަންސްގެ ގޮތުގައި މަހަކު 70,000 ރުފިޔާ ދިނުމަށެވެ. އަދި އެ ފަނޑިޔާރަކު ހިދުމަތް ކޮށްފައިވާ މުއްދަތަށް ބެލުމަށް ފަހު ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާއިރު ގަޑުކޮށް ލިބޭ އަދަދު ބޮޑު ކުރުމަށެވެ.

މީގެ އިތުރުން އެ ބޭފުޅަކު ކުރީން ދައުލަތުގެ އެހެން މަގާމެއް ފުރުއްވާފައިވާނަމަ އެކަމަށް ވެސް ރިޔާއަތްކޮށް އިނާޔަތް ދިނުމުގައި ބެލުމަށް ހިމަނާފައިވެ އެވެ.

މިއަދު އޮތް ކޮމެޓީ ބައްދަލްވުމުގައި މެންބަރުން ވަނީ މި މައްސަލާގައި ފުޅާ ދާއިރާއެއްގައި ބަހުސް ކޮށްފަ އެވެ. ސަރުކާރު މެންބަރުންގެ ވިސްނުމަކީ އެ ހުށައެޅުން ރަނގަޅު ކަމަށެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ އެއީ މިހާރު ހުންނެވި އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް ހާއްސަކޮށް ގެންނަ ބަދަލެއްގެ ގޮތުގައި ސިފަ ކޮށް އެ ބަދަލާއި ދެކޮޅު ހަދާފަ އެވެ.

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ދެއްވުމަށް ފަހު އެ މަގާމުން ޝަރަފުވެރިކަމާއެކު ވަަކިވެވަޑައިގަތުމަށް ޖޭއެެސްސީއަށް ވަނީ ހުށައަޅާފަ އެވެ. އެ ހުށައެޅުމާމެދު ގޮތް ނިންމާ އެ ކޮމިޝަނުން މި ވަނީ އުއްތަމަފަނޑިޔާރަކަށް ލިބޭ އިނާޔަތް ބޮޑު ކުރުމަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ހުށައަޅާފަ އެވެ.

މިހާރު އޮތްގޮތުން މުއުތަސިމް ވަކިވެވަޑައިގަންނަވާއިރު ގަޑުކޮށް 500,000ރ ލިބިވަޑައިގަންނަވާނެ އެވެ. މުއުތަސިމް ވަނީ ނުވަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާާރުކަން ކުރައްވާފަ އެވެ. އަދި މަހަކު 70,000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ ފަނޑިޔާރު ކަމުގައި ހޭދަ ކުރެއްވި މުއްދަތާއި ދައުލަތަށް ހިދުމަތް ކުރެއްވި މުއްދަތަށް ބެލުމަށް ފަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.