މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
16 Jun 2025 | 10:02
ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރު ހުށަހަޅައިފި

ކަރުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

އާބާދީ މަދު ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މަދުކޮށް، ގިނަ ސިޓީ ތަކުގައިވެސް މިހާރު ހުރިވަރަށްވުރެ އިތުރު ނުކުރުމަށް ސަރުކާރުގެ ވިސްނުން ހުރިކަން މީގެ ކުރިން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައެވެ. އެގޮތުން، 3000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

އެކަމާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށިތާ މިވީ 15 އަހަރު ތެރޭ މިހާތަނަށް 15 ފަހަރު އިސްލާހުކޮށްފައިވާ ކަމަށެެވެ.

އަދި މިވީ 15 އަހަރު ތެރޭ 4 ކައުންސިލް އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ބަޖެޓުން މި ނިޒާމަށް ހަރަދުކޮށްފައިވާ ނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ ރަށްތަކަށް ތަރައްގީއެއްވެސް ގެނެވިފައިވާތަން ފެންނަން ނެތް ކަމަށް އާެނާ ވިދާޅުވިއެވެ. 

"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުމެވެ. އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމުވެފައި އޮންނައިރު، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ސީދާ ގޮތެއްގައި ހުރަސް އަޅާފައި އެބަހުރި." ޝުޖާއު ވިދާޅުވިއެވެ.

މިއާއެކު ޤަރާރުގައި ބުނީ، މިހާތަނަށް ކުރެވުނު ދިރާސާތަކުންވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާމެދުގައިކަމަށް ވާއިރު، ކުދިކުދި ރަށްތަކުގައިވެސް ފަސް ކައުންސިލަރުން ބައިތިއްބައިގެން، އެމީހުންގެ މުސާރައަށް ބޮޑު ހޭދައެއް ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން، ފުލް ޓައިމްކޮށް ފަސް ކައުންސިލަރުން ބެއިތިއްބުމުގެ ބަދަލުގައި ފުލް ޓައިމް ދެމީހުން ބެއިތިއްބުމަށްފަހު، ދެން ތިބޭ މީހުންނަށް ސިޓިން އެލަވަންސް އެއް ދޭ ގޮތަށް ހެދުމަށް ގަރާރުގައި ވަނީ ހުށަހަޅާފައެވެ. 

ކޮމެންޓް
ތިމަންނަ
މިއީ ކޮންމެހެންވެސް ތިބެންޖެހޭ ބައެއްބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
16 Jun 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.