މަގޫދޫ އެއާޕޯޓް... ފޮޓޯ: ގޫގުލް
ހަބަރު
16 Jun 2025 | 16:22
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ހުއްޓައެއްނުލާ: ރައީސް އޮފީސް

ފ.އަތޮޅު މަގޫދޫގައި ސަރުކާރުން ތަރައްޤީކުރަމުންގެންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާނުލާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަން ބޭނުންނުވާކަމަށްބުނެ، އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ވަރަށްގިނައިން އެވާހަކަތައް ދައްކާފައެވެ. މިކަމާ ގުޅޭގޮތުން އާއްމު ފަރާތަކުން މައުލޫމާތު ހޯދުމަށް ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބެއްގައި ރައީސް އޮފީހުން ބުނެފައިވަނީ، ފ.މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށް ކެބިނެޓުން ނިންމާފައިނުވާކަމަށެވެ. 

މަގޫދޫ އެއާޕޯޓްހގެ މައްސަލަ ހޫނުވެފައިވަނީ އެރަށް ކައިރީ އޮންނަ ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމުމާ ގުޅިގެން އުފެދިގެންދިޔަ ނުތަނަވަސްކަމުގެ ތެރެއިންނެވެ. 

ރައީސް އޮފީހުން ފޮނުވި ސިޓީ

މަގޫދޫ އެއާޕޯޓާ ގުޅޭގޮތުން މެއިމަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއާޕޯޓް ހުޅުވާނޭކަމަށެވެ. މަގޫދޫ އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް ވެފައިވާކަން މިނިސްޓަރު ވަނީ އެދުވަހު ފާހަގަކުރައްވާފައެވެ. މިނިސްޓަރު އެދުވަހު ވިދާޅުވީ ކުރިން ނިލަންދޫގައި އެޅޫމަށް އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ ރަނގަޅަށް ނޫންނަމަވެސް، ސަރުކާރުން މަގޫދޫ އެއާޕޯޓް މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނޭކަމަށެވެ. 

މަގޫދޫ އެއާޕޯޓުގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ހުއްޓާލުމަކީ ރައްޔިތުންނަށް ވެސް އަދި އެ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ވެސް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް އިންވެސްޓަރުންވެސް މުސްތަގުބަލުގައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ މަގޫދޫ އެއާޕޯޓުގެ އިތުރުން، ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ލިބޭނެ ގެއްލުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަގޫދޫ އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން 231.5 މިލިއަން ހަރަދުކޮށްގެން ތަރައްޤީކުރާ އެއާޕޯޓެކެވެ. މި އެއާޕޯޓް ރަންވޭ ދިގުމިނުގައި 1800 މީޓަރު ހުންނައިރު އެތަން ތަރައްޤީކުރަނީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.