ހައްވާ ޔުމްނު ރަޝީދު: ފޮޓޯ/ ޢާއިލާ
ހަބަރު
17 Jun 2025 | 13:22
ރިޔާސީ ކޮމިޝަނުން އެދުމުން ވެސް ޔުމްނުގެ ބަޔާން ނަގަން އާއިލާއިން ފުރުސަތެއް ނުދިން

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށްވެސް ޔުމްނުގެ ބަޔާން ދިނުމަށް އާއިލާއިން އިންކާރު ކުރިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 

މި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމައި، އިންކުއަރީ ކޮމިޝަނުން މިއަދު ވަނީ ރައީސް މުޢިއްޒުއަށް އަރުއްވާފައެވެ. އަދި އެ ރިޕޯޓް އާއްމު ކުރުމަށް ރައީސް މުޢިއްޒު ވަނީ އަންގަވާފައެވެ. 

މި ރިޕޯޓާއި ގުޅިގެން "އަދަދު“ ނޫހުން ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު އާ ސުވާލު ކުރުމުން، ރިޕޯޓްގައި ޔުމްނުގެ ބަޔާން ނުހިމެނޭކަން ވަނީ ހާމަވެފައެވެ. އެގޮތުން، ޑރ. މުނައްވަރުވެސް ޔުމްނުގެ ބަޔާން ނެންގެވުމަށް އާއިލާއަށް ގުޅައިގެން މަސައްކަތް ކުރެއްވި ނަމަވެސް، އާއިލާއިން އެއްބާރުލުން ލިބިފައި ނުވާކަން މުނައްވަރު ފާހަގަކުރެއްވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އެހެންކަމުން ރިޕޯޓް އެކުލަވާލަން ޖެހުނީ އޭނާގެ ބަޔާން ނުހިމަނައިކަން މުނައްވަރު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުންނަށްވެސް ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އޭނާގެ ބަޔާން ނަގަން ފުލުހުން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން، މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން ބަޔާން ނަގަން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކުރުމަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނު އެކުލަވާލާފައިވަނީ، އޭޕްރިލްމަހުގެ 27 ވަނަ ދުވަހުއެވެ. 

އެ ކޮމިޝަނުންވަނީ މި މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް އާވެސް ވަނީ ސުވާލު ކޮށްފައެވެ. ރައުދު އަކީ ޔުމްނު ވެއްޓުމާ ޖެހެންދެން ފަހުވަގުތާ ހަމައަށް އޭނާއާއެކު އުޅުނު މީހާއެވެ. 

މީގެ އިތުރުން، އެ ކޮމިޝަނުން ވަނީ މި މައްސަލައާއި ގުޅުން ހުރި ތަންތަނަށްވެސް ޒިޔާރަތް ކޮށްފައެވެ.

އަދި، އެ ކޮމިޝަނުން ވަނީ، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން، މަޢުލޫމާތާއި، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް ލިޔުންތައް އެ ކޮމިޝަނާ ޙިއްސާކުރުމަށާ، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރަން ޚާއްސަ ޕޯޓަލެއްވެސް ޤާއިމް ކޮށްގެން މައުލޫމާތު އެއްކޮށްފައެވެ.

ކޮމެންޓް
ހުސޭނު
ގަބޫލު ކުރެވެނީ ހަމަ އަމިއްލައަށް ފުންމާލީކަމަށެވެ. ހުންނާނި ހަމައަކުވެސް ނޫނެވެ.
17 Jun 2025
އަލީ
ޔުމްނުގެ އެރޭގެ ޙާލަތު ފަޅާއަރާފާނެތީބާ؟
17 Jun 2025
ގުޅޭ ލިޔުންތައް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.