ދަ ޑިމޮކްރެޓްސްގެ އިސްވެރީން -- ފޮޓޯ: ވޮއިސް
ހަބަރު
17 Jun 2025 | 16:11
ޑިމޮކްރެޓްސް އުވާލާ، ނަޝީދު ހިމެނިވަޑައިގަންނަވާހެން ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެނީ

ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީ އިން މިއަދު ނިންމައިފި އެވެ.

މި ނިންމުން ނިންމީ މިއަދު އޮތް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބައްދަލްވުމުގައި ފާސްކުރި ގަރާރުގަ އެވެ. އެ ގަރާރު ހުށައެޅީ ޑިމޮކްރެޓްސްގެ އަންހެނުންގެ ގޮފީގެ ލީޑަރު ފާތިމަތު ހަމްދާ އެވެ.

އޭނާ ހުށައެޅި ގަރާރުގައި ބުނެފައި ވަނީ ސިޔާސީ ނިޒާމާމެދު އޮތް އިތުބާރު ގެއްލެމުންދާތީ އަލުން އެކަން އިއާދަކުރުމަށް ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށެވެ. އެހެން ކަމުން އެ މަގުސަދު ހާސިލު ކުރުމަށް އެ ޕާޓީގެ މެންބަރުން އެމްޑީޕިއާ ގުޅުމަށެވެ. އެ ނިންމުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ކާމިޔާބުވިޔަ ނުދިނުމަާއި ޖަވާބުދާރީ ކުރުވަނިވި ދައުލެއް ދެމި އޮތުމަށް މުހިންމު ކަމެއް ކަަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ކަމުން ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕިއާ ގުޅުމަށް އިގުރާރުވާ ކަމަށް ނެޝަނަލް އެސެމްބްލީން ފާސްކުރި ގަރާރުގައިވެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަން ގަބޫލު ކުރެވޭ ހިނދު, މި މަގުސަދު ހާސިލުކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރު ވަމެވެ.

ނެޝަނަލް އެސެންބްލީގައި ޑިމޮކްރެޓްސް އިން ފާސްކުރި ގަރާރު

މި ނިންމުމާމެދު ޑިމޮކްރެޓްސްގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދޭނެ ކަމަށް ބެލެވެ އެވެ. މި ނިންމުމަކީ ޑިމޮކްރެޓްސް އުވާލާ އެ ޕާޓީގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމެއް ނަމަވެސް ޑިމޮކްރެޓްސް އުވާލުމާއި ގުޅޭގޮތުން މިއަދުގެ ބައްދަލްވުމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީ ރޫޅާލަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ދެ ބޭފުޅުންގެ ވަފާތެރި ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެ އެމްޑީޕީއާ ރައީސް ސޯލިހަށް އެންމެ މުހިންމު ވަގުތު ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އަދި ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. ރައީސް ނަޝީދު ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދު, ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް އާޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ "ރޫޅާލައްވާނެ" ކަމަށެވެ.

ނަމަވެސް އެމަނިކުފާނާއި ޑިމޮކްރެޓްސްގެ ވެރީން އުންމީދު ކުރި ގޮތަށް އެެ ޕާޓީއާ ގިނަ ބަޔަކު ނުގުޅުނެވެ. އަދި އެމްޑީޕީ ބަލިކަށި ކޮށްނުލެވުނެވެ. އެކަމަކު ރައީސް ނަޝީދުގެ ތާއީދު ގެއްލުމުން އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭ ގޮތް ނުވެ ސަރުކާރު ހިންގާ ޕާޓީން އިދިކޮޅު ޕާޓީއަކަށް އެމްޑީޕީ ބަދަލުވި އެވެ.

ވާދަ އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް

ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމިއިރު ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތީ ބޮޑު ވާދައެއް އުފެދިފަ އެވެ.

ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޝައުުގުވެރިކަން ފާޅުކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓް ހޯއްދައިދިނުމަށް އެމަނިކުފާނުގެ ވަފާތެރި މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަމުގައި އަޑުތައް ފެތުރިފައިވެ އެވެ.

އެކަން އެހެން އޮއްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީއާ ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް ކުރައްވާ ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަ ކުރައްވާފަ އެވެ. އެކަމާމެދު ދެކޭ ގޮތެއް އަންގައި ދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.