ޔުމްނު މެލޭޝިޔާއަށް ގެންދަން ފްލައިޓް ގައި
ހަބަރު
17 Jun 2025 | 19:55
ޔުމްނުގެ އާއިލާއިން ޓެސްޓްތައް ހަދަން ދެކޮޅުހެދި: ރިޕޯޓް

މިދިޔަ އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދު، އައިޖީއެމް ހޮސްޕިޓަލްގައި އޮތްއިރު ފުލުހުންގެ ބޭނުމަށް ޓެސްޓެއް ހަދަން އުޅުމުން އާއިލާގެ ފަރާތުން އެކަމާ ދެކޮޅު ހެދިކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފިއެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މިއަދު ނެރުނު 72 ސަފްހާގެ ރިޕޯޓްގައި ބުނެފައިވަނީ، އޭޕްރިލްމަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ފޮރިންސިކް ޕެތޮލޮޖިސްޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ.ހަސަން އުމަރު، އައިޖީއެމްއެޗްގެ ޑރ. އާމިނަތު ޒައިބާއަށް ގުޅައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ޔުމްނުގެ ކޭސް ތަހުގީގުކުރަންޖެހޭކަމަށް ބުނިކަމަށެވެ. އަދި ޔުމްނުގެ ފިންގަރޕްރިންޓާއި ޓެސްޓް ސާމްޕަލްތައް ނެގުމަށް ބޭނުންވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނުމުން ޔުމްނުގެ އާއިލާއިން ޓެސްޓްހެދުމަށް އިންކާރުކުރަނިކޮށް ޓެސްޓު ހަދަން ހުއްދަދޭން އުނދަގޫވާނެކަމަށާއި، ކޯޓު އަމުރެއް ނަގައިގެން ފުލުހުން އަތުވެއްޖެނަމަ ޓެސްޓް ހެދުމަށް ފެސިލިޓޭޓް ކޮށްދޭނެކަމަށް ފުލުހުންގެ ގާތުގައި ޑރ. އާމިނަތު ޒައިބާ ބުނެފައިވާކަމަށެވެ.

ނަމަވެސް ޖެހިގެންއައިދުވަހު ފުލުހުން ޔުމްނުގެ އާއިލާގެ ފަރާތުން އެ މައްސަލާގައި ލީޑްނަގައިގެން އުޅޭ ފަރާތާ ވާހަކަދައްކައި ޓެސްޓްތައް ހެދުމަށް ހުއްދަދީ ޓެސްޓްތައް އިއުތިރާޟެއް ނެތްކަމަށް  ބުނުމުން ޓެސްޓްތައް ހެދުމުގެ ހުއްދަ ދީފައިވާކަމަށެވެ. ނަމަވެސް އެދުވަހު ޔުމްނުގެ އަތުގެ ފިންގަރ ޕްރިންޓް ނެގުނުއިރު، ރޭޕް ކިޓް ޓެސްޓް ހަދާފައިނުވާނޭކަން ޑރ.އާމިނަތު ނަޖީބާ ބުނެފައިވާކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގެ ސްކްރީން ޝޮޓެއް.. ސަފްހާ: 37

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ޔުމްނުގެ އާއިލާއިން މެޑިކޯ ލީގަލް ރިޕޯޓް ފުރިހަމަ ކުރުމަށް އެއްބާރުލުން ނުދިންކަމަށާއި ސަބަބެއްކަމަށް ބުނެފައިވަނީ، ޓެސްޓު ހަދަންވީ ވަގުތު ފާއިތުވެގެން ދިއުމުންކަމަށެވެ. ނަމަވެސް 72 ގަޑިއިރު ވީނަމަވެސް އެ ޓެސްޓްތައް ހެދުން މުހިއްމުކަމަށް އަންހެނުންނާބެހޭ ޑޮކްޓަރު އާއިލާއަށް ކިޔައިދީފައިވާކަމަށްވެސް ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި ފުލުހަށް ޓެސްޓް ރިޕޯޓް ނޮފޮނުވާމަތިން ޓެސްޓް ހަދަން ހުުއްދަ ދޭނޭކަމަށްވެސް ޔުމްނުގެ އާއިލާއިން ބުނެފައިވާކަމަށްވެސް މިއަދު ނެރުނު ރިޕޯޓްގައި ވަނީ ބުނެފައެވެ. ރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުން ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓްވެސް ހެދިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ޔުމްނު މެލޭޝިއާއަށް ފޮނުވާލާފައިވަނީ އޭޕްރިލްމަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ޔުމްނު ރާއްޖެއިން ބޭރަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗްގައި ހަފްތާއެއްހާދުވަހު ފަރުވާދިނުމަށްފަހުއެވެ.

ކޮމެންޓް
އަލިބެ
ބޮއެގެން ހުރެ ކުރާނެކަމެއް ކޮއްފަ، އެހެން މީހުން ބަދުނާމު ކުރީމާ ބެލެވޭނީ އަމިއްލަ ފުންމާލީ ކަމަށެވެ. އެހެންމީހުން ބޮލުގައަޅުވަން އުޅޭނެކަމެއް ނެތެވެ.
17 Jun 2025
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ