ޖާސޫސްކުރުމަށް އިޒްރޭލުން ބޭނުންކުރާ އުޅަނދުތަކެއް.. ފޮޓޯ: އިޒްރޭލް އަސްކަރިއްޔާ
ދުނިޔެ
17 Jun 2025 | 21:35
ޖޯޑަންގެ ތެރެއިން އީރާނަށް ޖާސޫސް ކުރަން ވަދެ އުޅުނު އިޒްރާއީލްގެ ޑްރޯންތަކެއް ވައްޓާލައިފި

ޖޯޑަންގެ ތެރެއިން އީރާނަށް ޖާސޫސް ކުރަން ވަދެ އުޅުނު އިޒްރާއީލްގެ ޑްރޯންތަކެއް އީރާނުގެ އަސްކަރިއްޔާއިން ވައްޓާލައިފިއެވެ.

އަލްޖަޒީރާއިން ބުނީ އީރާނުގެ އަސްކަރިއްޔާގެ މުހިއްމު ހިސާބުތަކަށް ވަދެ އުޅުނު އިޒްރާއީލަށް ނިސްބަތްވާ ޑްރޯންތަކެއް އީރާނުގެ ވައިގެ ސިފައިންގެ ޔުނިޓުން ވައްޓާލާފައިވާކަމަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެފަދަ 28 އުޅަނދު ނައްތާލާފައިވާކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އީރާނުެގ އަސްކަރިއްޔާއިން ބުނެފައިވަނީ، އެ ހުރިހާ ޑްރޯންތަކެއް އީރާނުގެ މަނާ ސަރަހައްދުތަކަށް ވަދެފައިވަނީ ޖޯޑަން ތެރެއިންލާފައިކަމަށެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ މީގެ ކުރިން އެތައް ފަހަރަކު އީރާނުގެ ތެރެއަށް ވަދެ އުޅުނު އިޒްރާއީލްގެ ޖެޓްތަކެއްވެސް ވައްޓާލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިޒްރާއީލުން ވަނީ އީރާނުގެ ވާހަކަތައް ދޮގުކޮށްފައެވެ. 

އިޒްރާއީލާ އީރާނުގެ ހަމަލާ ބަދަލުކުރުންތައް ސީރިއަސް ހާލަތަކަށް އައިސްފައިވާއިރު، އީރާނުން މިރޭވެސް ވަނީ އިޒްރާއީލްގެ ތެރެއަށް ހަމަލާތަކެއް ފޮނުވާލާފައިވާކަމަށެ ބުނެފައެވެ. އިޒްރާއީލުންވެސް ވަނީ އެކަން ޔަގީންކޮށް، ހަމަލާ އަރާފާނެ ސަރަހައްދުތައް އެލާޓަށް ގެނެސްފައެވެ. އިޒްރާއީލުން ބުނާގޮތުގައި އެޤައުމުގެ އަސްކަރިއްޔާއިން ހަމަލާދެނީ ނިއުކްލިއާ ޕްލާންޓްތައް ހުންނަ ސަރަހައްދުތަކަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ މިހާތަނަށް އެޤައުމަށް ފޮނުވި ގިނަ ހަމަލާތައް އަމާޒުވެފައިވަނީ އާއްމު ސަރަހައްދުތަކަށް ކަމަށެވެ. 

އީރާނާއި އިޒްރާއީލާ ދެޤައުމު ހަނގުރާމައިގެ ހައްސާސް ހާލަތަކަށް ގޮސްފައިވާއިރު، އެމެރިކާއިން ވަނީ ހަމަލާތައް ހުއްޓާލަންޖެހޭކަމަށް ބުނެފައެވެ. ހަމަލާތަކުގައި އިޒްރާއީލަށް ކުރިން ހީކުރިވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އީރާނުން ބުނެފައިވަނީ  ރައްދުގައި ދޭ ހަމަލާތައް ފަހަރަކަށްވުރެ ފަހަރެއް ނުރައްކާވާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް