ޑިމޮކްރެޓްސްގެ ނާއިބު ރައީސާ އާޝިޔަތު އަލައިކާ އަދުނާނު
ހަބަރު
19 Jun 2025 | 01:03
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ފާސްކުރި ގަރާރާ އަލައިކާ ދެކޮޅު، އެކަމެއް ނުވާނެ

ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީ އިން އިއްޔެ ފާސްކުރި ގަރާރާ ދެކޮޅުކަން އެ ޕާޓީގެ ނާއިބު ރައީސާ އާޝިޔަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަން ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލުކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

އަލައިކާ ވިދާޅުވީ އެ ގަރާރުގައިވާ ބުނެފައިވާ ވާހަކަތަކަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި އެއީ ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުން ފާހަގަ ކުރެއްވީ އެެހެން ބައެއްގެ ފަރާތުން އެފަދަ ނިންމުމެއް ނިންމުމުގެ ބާރު އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނޯންނާނެތީ ކަމަށް ވިދާޅުވި އެވެ.

އަލައިކާ އެ އިޝާރާތް ކުރަނީ ޕާޓީގެ ހުރިހާ މެންބަރުން ވަކިވެ ގުޅޭނެ ވަކި ޕާޓީއެއް އެ ޕާޓީގެ ގުނަވަނަކުން ނިންމި ނިންމުމަށެވެ.

އޭނމާ ވިދާޅުވީ ޕާޓީގެ ނެޝަނަލް އެސެމްބްލީ, ޕާޓީއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީއަކާއި ގުޅުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއް ކަމަށާ އެ ހައްގުގެ ބޭނުން އެ މީހަކު އިހްތިޔާރު ކުރާ ގޮތަކަށް ބޭނުން ހިފޭނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުވާލަން ޖެހޭ ފަދަ ހާލަތަކަށް ގެންނަން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް
ކާޖާ
ރޫޅާމީހާ އެހެރީ ރޫޅަން ނުކުމެ. މިފަހަރު ރޫޅާލާނެ. ތިޔޮއް ފޫވައް ވެއްޓުނީ. ލޮލް.
19 Jun 2025
އަޙްމަދު މަނިކުފާނު
އަލައިކާ އަށް މިހާރު އެގޭނެ ކަމަށް ހީވޭ، އަންނިގެ ފަހަތުން ދުވާ އިރު އެކަކަށްވެސް މިނިވަން ކަމެއް ނޯންނަ ކަން. ހަމަ ޕަޕެޓަކަށް ވާން ޖެހޭނީ. އެންމެ ޚުދްމުޚުތާރު މީހާ ގެ ފަހަތުން ދުވަމުން، ޑިމޮކްރަސީ އޭ ކިޔަސް އެހެނެއް ނުވާނެ.
19 Jun 2025
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.