ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Jun 2025 | 19:28
ޖުލައި މަސްތެރޭ ފްލެޓްތަކަށް މީހުން ވަންނަން ފަށާނެ: މިނިސްޓަރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް އެ ތަންތަން ހަވާލު ކުރަމުންދާނެ ކަމަށާ ޖުލައި މަސްތެރޭ ބައެއް ފްލެޓްތަކަށް ވަދެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލެއްވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސްގެ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓްތަކަށް މީހުން ވެއްދުން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ވަރަށް ހަލުވި ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުންް މިހާރުވެސް ބައެއް ޓަވަރުތަކުގެ މަސައްކަތް މުޅީން ނިމި ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފްލެޓްތަކުގެ މަސައްކަތް ނިމޭ ވަރަކަށް އެތަަންތަން ހަވާލު ކުރުން ކަމަށެވެ. އެހެން ކަމުން ޖުލައި މަސްތެރޭ އެގްރީމަންޓް ކުރެވި ބައެއް ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އެއްވެސް ފްލެޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައި ނުވާ ކަމަށާ މިހާރު ކުރިއަށްދާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް 4000 ފްލެޓް ހަވާލުކޮށް ނިންމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފްލެޓްތައް ދޭނެ 4,000 މީހަކު އޮތީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ ލިސްޓްގެ ސައްހަ ކަމާމެދު ސުވާލު އުފަައްދާ އާ ލިސްޓެއް އެކުލަވާލަން މި ސަރުކާރުން ނިންމި އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެ ނިންމުމާ އެކު އެތައް ބަޔަކު ލިސްޓުން އުނިވި އެވެ. ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ނުދެވިގެންނެވެ.

އެކަމާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފަހުން ސަރުކާރުން ނިންމީ ކުރީގެ ލިސްޓަށް ފްލެޓް ދޭށެވެ. އަދި ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ކަނޑައެޅި އެވެ.

އެންމެ ފަހުން އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީން ވެސް ހިމެނިފައި އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކު ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.