ރައިޒިން ލަޔަން ޕޯސްޓަރ އެއް
ދުނިޔެ
20 Jun 2025 | 09:01
އިސްރާއީލުގެ 'ރައިޒިން ލަޔަން' އޮޕަރޭޝަން ނަމުގައި ފޮރުވިފައިވާ މާނައަކީ ކޮބާ؟

އީރާނަށް އިސްރާއީލުން ދިން ހަމަލާތަކަށް އެމީހުން ދީފައިވާ ނަމަކީ އޮޕަރޭޝަން "ރައިޒިންގ ލަޔަން" (Rising Lion) އެވެ.

ތާރީޚް ދިރާސާކުރާ މީހުން ބުނާ ގޮތުން މިއީ ހަމައެކަނި ކޯޑު ނަމެއް ނޫނެވެ. އެހެނެއް ކަމަކު، އެއީ އިސްރާއިލުން އީރާނަށް ވަރުގަދަ އިންޒާރުގެ މެސެޖެކެވެ. 

އެކަން އީރާނަށް ދިން ހަމަލާތަކަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދައްކާފައިވާ ވާހަކަތަކުންވެސް ހާމަވާކަން ރޮއިޓާސް ގައި ފާހަގަކޮށްފައިވެއެވެ.

"މިއީ އިސްރާއީލުގެ ތާރީޚުގެ ވަރަށް މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ވަގުތެއް. އިސްރާއީލުން 'ރައިޒިންގ ލަޔަން' އޮޕަރޭޝަން ފަށާފައި މިވަނީ އީރާނުން އިސްރާއީލަށް ކުރިމަތިކުރުވާ ނުރައްކާ ނައްތާލުމަށް. މި ނުރައްކާ ނައްތާލެވެންދެން، ދުވަސްތަކެއް ވަންދެން މި އޮޕަރޭޝަން ކުރިއަށްދާނެ،" ނަތަންޔާހޫ ބުނެފައިވެއެވެ.

ނެތަންޔާހޫގެ ހިމޭން އިޝާރާތެއް

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއިލްގެ ހަމަލާތައް ފެށުމުގެ އެއްދުވަސްކުރިން ނެތަންޔާހޫވަނީ ޖެރޫސަލަމްގެ ވެސްޓަރން ވޯލްގައި ނޯޓުކޮޅެއް ހަރުކޮށްފައެވެ. ވެސްޓަރން ވޯލްއަކީ ޔަހޫދީންގެ އެންމެ މުގައްދަސް ތަން ކަމަށް ބަލައިގެން އަޅުކަންކުރާ ތަނެވެ.

ޖެހިގެން އައި ދުވަހު އިސްރާއިލުން އީރާނަށް ހަމަލާަދީފައިވާއިރު، އެ ދުވަހު ނަތަންޔާހޫގެ އޮފީހުން ވަނީ އެ ނޯޓުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. އެ ނޯޓުގައި ލިޔެފައިވަނީ "ސިންގާއެއް އެއްފަދައިން އަހަރެމެން ތެދުވާނެ" ކަމަށެވެ.

'ރައިޒިންގ ލަޔަން' އޮޕަރޭޝަނަށް އެ ނަން ދިނީ ކީއްވެ؟

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި މި އަސްކަރީ އޮޕަރޭޝަނަށް "ރައިޒިންގ ލަޔަން" އޮޕަރޭޝަންގެ ނަން ދީފައިވަނީ ނަޞާރާއިންގެ މުޤައްދަސް ފޮތް، ބައިބަލްގެ އާޔަތަކުން ނަގައިގެންނެވެ. އެބުނާ އާޔަތުގައި ޔަހޫދީންނަށް ނަސްރު ލިބުނުކަމަށް ބުނެފައިވެއެވެ. އަދި މިއީ އެމީހުންގެ ބާރުގަދަކަން އެންގުމަށް ކިޔާފައިވާ ނަމެއް ކަމަށްވެސް ބައެއް ރިޕޯޓް ތަކުގައިވެއެވެ.

މީގެ އިތުރުން، މި ނަމާއި ގުޅޭ އެހެން ތާރީޚެއް އޮތް ކަމަވެސް ބައެއް ރިޕޯޓްތަކުގައި ވެއެވެ. އެގޮތުން، 1978 ގައި އިރާނުގައި އިސްލާމިކް ރިވޮލިޔުޝަން ފެށިގެން އައުމުގެ ކުރިން އެ ގައުމުގެ ދިދައިގެ މެދުގައި ސިންގާއެއްގެ ސިމްބަލް އިންނައިރު، އެ ސިންގާގެ ފަހަތުން އިރުއަރަމުންދާ މަންޒަރުވެސް ހިމަނާފައިވެއެވެ. އޭރު އީރާނާއި އިސްރާއިލާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ތާރީޚުން އެނގޭ އިރު، އިސްލާމިކް ރިވޮލިޔުޝަނަށްފަހު، އެ ގުޅުން އެއްކޮށްހެން ނިމިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ކުރިންގެ ދިދަ

އަދި އީރާނުގެ ދިދައިން ސިންގާއާއި އިރު ނަގައި، އޭގެ ބަދަލުގައި الله ގެ އިސްމުފުޅާއި އިސްލާމްކަމުގެ ފަސް ރުކުން ރަމްޒު ކޮށްދޭ ސިމްބަލްއެއް ވަނީ ހިމަނާފައެވެ. 

އީރާނުގެ މިހާރުގެ ދިދަ

އެހެންކަމުން އިސްރާއިލުން މިހާރު ބޭނުންވަނީ އިސްލާމިކް ރިވޮލިޔުޝަންގެ ކުރިން އެމީހުންނާ އީރާނާ ދެމެދު އޮތް ގުޅުން އިއާދަކޮށް، އީރާނުގެ މައްޗަށް ޔަހޫދީންގެ ބާރު ގަދަ ކުރަން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރައިޒިން ލަޔަންގެ ނަމުން އޮޕަރޭޝަނަށް ނަން ދެވުނީ އެ ސަބަބަށް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.