ރައީސް ޔާމީން (މ) އިހްސާން (ވ) އަމީން (ކ)
ހަބަރު
20 Jun 2025 | 15:24
ޔާމީންގެ ސުވާލެއް؛ އަމީންއާ އިހްސާން މަގާމުގައި އެ ތިބީ ކީއްވެ؟

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ހޯމް މިނިސްޓަރު އަލީ އިހްސާން މަގާމުގެ ހައިސިއްޔަތާއި ނުގުޅޭ ކަންކަން ކުރައްވާފައިވާކަން ސާފުވާއިރު އެ ދެ ބޭފުޅުން މަގާމުގައި ތިއްބެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ކަމާގުޅޭ ރިޕޯޓް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި އެ ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ބައެއް ފިޔަވަޅުތައް ވެސް ފާހަގަކޮށްފައިވެ އެވެ.

ރޭ އޮތް ޕީއެންއެފްގެ އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޑރ. މުހައްމަދު މުނައްވަރު އިސްވެ ހުންނަވާ ރިޔާސީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ފާހަގަ ކޮށްފަ އެވެ. ރިޕޯޓް އެންމެ ފުރިހަމަ ނޫން ނަމަވެސް އެ ރިޕޯޓްގައި އެ މައްސަލައާ ގުޅޭގޮތުން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކެއް ފާހަގަ ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރިޔާަސީ ކޮމިޝަންގެ މެންބަރުން ނޫސްވެރީންގެ ބައްދަލްވުމެއްގައި 

ޔާމީން ވިދާޅުވި ގޮތުގައި އެ ރިޕޯޓަށް ބިނާކޮށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި އަހުމަދު ދާއޫދު ވަކިކުރުމަކުން ނުނިމެވެ. އަދި ރިޕޯޓަށް ފުރިހަމައަށް އަމަލު ކުރާނަމަ މި ސަރުކާރުގެ ދެ ވަޒީރުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދާއޫދަށް އެޅި ފިޔަވަޅު ދަމާލައިފި ކަމަށް ވަންޏާމު މި ދެ މީހުންނާ [މިނިސްޓަރު އަމީންއާ މިނިސްޓަރު އިހްސާންއާ] ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭ. އެ އޮތީ މުނައްވަރު ވެސް އެ ފައިންޑިން ލިޔުއްވާފައި. ކީއްވެތޯ އެ މީހުން މަގާމުގައި އެ ތިބީ," ޔާމީން ސުވާލު ކުރެއްވި އެވެ.

ރިޕޯޓްގައި ބުނީ އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަމުން ގެންދަވަނިކޮށް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވި ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެކަން ފެންމަތިވުމުން އަމީން ވިދާޅުވީ ސީޕީއަށް ގުޅުއްވީ ނުފޫޒެއް ފޯރުވަން ނޫން ކަމަށެވެ. ސީޕީއަށް ގުޅުއްވީ ތަހުގީގަށް ކޮންމެ ވަގުތަކު ވެސް އޭނާގެ ގެއަށް ވަދެވޭނެ ކަން އެންގުމަށް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާ ހިނގި ތަނަކަށް ހޯމް މިނިސްޓަރު ވަޑައިގެން މަގާމުގެ ޒިންމާއިން ބޭރުން އަމަލުކޮށްފައިވާތީ އެއީ އިހްސާނަށް ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ކަމުގައި ޔާމީން ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓްގެ ހުލާސާއެއް;

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މީހަކު ގަދަކަމުން ވައްޓާލުމަށް މަަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކި ބަހުން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔުމުން އަދި ރައުދު

މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

އަދި ބުނީ ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.

ޔުމްނުގެ އާއިލާއިން ޓެސްޓްތައް ހަދަން ދެކޮޅު ހެދި

ޔުމްނު ވެއްޓުނު މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ނެރުނު 72 ސަފްހާގެ ރިޕޯޓްގައި ބުނެފައިވަނީ، އޭޕްރިލްމަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ފޮރިންސިކް ޕެތޮލޮޖިސްޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ.ހަސަން އުމަރު، އައިޖީއެމްއެޗްގެ ޑރ. އާމިނަތު ޒައިބާއަށް ގުޅައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ޔުމްނުގެ ކޭސް ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނި ކަމަށެވެ. އަދި ޔުމްނުގެ ފިންގާ ޕްރިންޓާއި ޓެސްޓް ސާމްޕަލްތައް ނެގުމަށް ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުން އެހެން ބުނުމުން ޔުމްނުގެ އާއިލާއިން ޓެސްޓް ހެދުމަށް އިންކާރު ކުރަނިކޮށް ޓެސްޓު ހަދަން ހުއްދަ ދޭން އުނދަގޫވާނެ ކަމަށާއި، ކޯޓު އަމުރެއް ނަގައިގެން ފުލުހުން އަތުވެއްޖެނަމަ ޓެސްޓް ހެދުމަށް ފެސިލިޓޭޓް ކޮށްދޭނެ ކަމަށް ފުލުހުންގެ ގާތުގައި ޑރ. އާމިނަތު ޒައިބާ ބުނެފައިވާ ކަމަށެވެ.

ޔުމްނު ރަޝީދު 

ނަމަވެސް ޖެހިގެން އައިދުވަހު ފުލުހުން ޔުމްނުގެ އާއިލާގެ ފަރާތުން އެ މައްސަލާގައި ލީޑް ނަގައިގެން އުޅޭ ފަރާތާ ވާހަކަދައްކައި ޓެސްޓްތައް ހެދުމަށް ހުއްދަދީ ޓެސްޓްތައް އިއުތިރާޟެއް ނެތްކަމަށް  ބުނުމުން ޓެސްޓްތައް ހެދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެދުވަހު ޔުމްނުގެ އަތުގެ ފިންގަރ ޕްރިންޓް ނެގުނުއިރު، ރޭޕް ކިޓް ޓެސްޓް ހަދާފައި ނުވާނޭކަން ޑރ. އާމިނަތު ނަޖީބާ ބުނެފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ޔުމްނުގެ އާއިލާއިން މެޑިކޯ ލީގަލް ރިޕޯޓް ފުރިހަމަ ކުރުމަށް އެއްބާރުލުން ނުދިންކަމަށާއި ސަބަބެއްކަމަށް ބުނެފައިވަނީ، ޓެސްޓު ހަދަންވީ ވަގުތު ފާއިތުވެގެން ދިއުމުން ކަމަށެވެ.

ކޮމެންޓް
އައިންތު
ޔާމީނުގެ ވެރިކަމުގައި ރ އަތޮޅުގެ ދަރިއެއް ކަމަށްވާ އަނަސް މަރާލީމަ ޔާމީނުބުނި އެއީ އޭނަ ލައިގެން ހުރި ޓީޝާޓުގެ ސަބަބުންނޭ. އެހެން ބުނެ ޔާމީނު މަގާމުގައި ހުރީ ކީއްވެ؟
20 Jun 2025
އިއްބ
ބާރުގެބޭނުންކޮށްގެން
20 Jun 2025
އެހެނަސް
ޔާމީނު ވެރިކަމުގަ އެތައް ވަޒީރަކު އޭރު ކަނޑާލަން ޖެހޭ އެކަމަކު ނުކަނޑާ. މިއުޅެނީ ވަޒީރުން ކަމެއް ކޮއްގެނެއް ނޫން އެކަން ކުރީ އަނިޔާ ލިބުނު މީހާއާ އެހެން މީހުން. އަސްލު ޖަރީމާ ހިންގި މީހުންނައް އަދަބު ދޭންޖެހޭނީ ޖެހޭނީ
20 Jun 2025
މުޙައްމަދު
މަޤާމުން ވަކިނުކުރާތީކަންވެސް ނޭގޭދޯޔާމީނަށް
20 Jun 2025
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ