ޕަބްލިކް ސާވިސް މީޑިއާ ހިންގާ އިމާރާތް.... ފޮޓޯ: ވޮއިސް
ހަބަރު
22 Jun 2025 | 17:13
2021ގެ ނިޔަލަށް ޕީއެސްއެމްގެ ދަރަނި، 187.1 މިލިއަން ރުފިޔާގައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަރަނި 2021 ވަނަ އަހަރު ނިމުނުއިރު، 187.1 މިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ޕަބްލިކް ސާވިސް މީޑިއާގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައިވާގޮތުން 2021 ވަނަ އަހަރު ޕީއެސްއެމަށް އާމްދަނީގެ ގޮތުގައި އެއަހަރު ވަނީ 8.2 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. އޭގެ ކުރީ އަހަރު ޕީއެސްއެމަށް ވަނީ 17.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

ޕީއެސްއެމަށް 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަހަރު މުދާ ވިއްކުމަށް ކުރި ހޭދަ އުޅެނީ 66.1 މިލިއަން ރުފިޔާގައެވެ. އެއަހަރު ޕީއެސްއެމް ހިންގައިގެން ލިބުނު ގެއްލުން އުޅެނީ 108.6 މިލިއަން ރުފިޔާގައެވެ. 

2021 ވަނަ އަހަރު ޕީއެސްއެމް މާލީބަޔާނުގެ އުސްއަލިތައް

- ޕީއެސްއެމަށް ލިބެންޖެހޭ ފައިސާގެ އަދަދު: 11.1 މިލިއަން ރުފިޔާ

- ޕީއެސްއެމުން އެހެން ފަރާތްތަކަށް ދޭންޖެހޭ އަދަދު: 107.2 މިލިއަން ރުފިޔާ

- ޕީއެސްއެމުން ފިނޭންސަށް ދޭންޖެހޭ އަދަދު: 80 މިލިއަން ރުފިޔާ

2021 ވަނަ އަހަރު ޕީއެސްއެމްގެ ބައެއް ހަރަދުތައް:

- ކަރަންޓްބިލް: 23.9 މިލިއަން ރުފިޔާ

- ނެޓް/ފޯނު ބިލް: 5.5 މިލިއަން ރުފިޔާ 

- އާބާތުރަ ފިލުވުމަށް: 2.5 މިލިއަން ރުފިޔާ

- މުއައްޒަފުންގެ މުސާރަ: 37.6 މިލިއަން ރުފިޔާ

- މުއައްޒަފުންގެ އިނާޔަތްތައް: 36.4 މިލިއަން ރުފިޔާ

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޕީއެސްއެމްގެ މާލީ އޮޑިޓް ރިޕޯޓަށް ބަލާއިރު، ޕީއެސްއެމުން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލާގައި ބައެއް ކުންފުނިތަކުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ޕީއެސްއެމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކުންފުނިތަކުން ހޯދުމަށް ދައުވާކޮށްފައިވާ ޖުމްލަ އަދަދު 38 މިލިއަން ރުފިޔާއަށް އަރައެވެ.

- ޝަންގްހައި އެވްރޮން ކުންފުނިން: 718،900 ޑޮލަރު

- ވިސްޑޮމް ޓެލެވިޝަން: 39،750 ޔޫރޯ

- އީޕީ ވަން ސަޕްލައި: 1.6 މިލިއަން ރުފިޔާ

- މީޑިއާނެޓް: 9.3 މިލިއަން ރުފިޔާ

- އާޓިސަން: 4.4 މިލިއަން ރުފިޔާ

- މިވަސް: 1.4 މިލިއަން ރުފިޔާ

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޕީއެސްއެމުން ކޯޓަށް ވައްދާފައިހުރި މައްސަލަތަކުން އެކުންފުންޏަށް 3.5 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޕީއެސްއެމް ފާހަގަކުރެވެނީ ދަރަނީގެ މައްސަލަ ބޮޑު ކުންފުންޏެއްގެ ގޮތުގައެވެ. ޕީއެސްއެމްގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 4 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ ޑޮލަރު ގަތުމުގެ ނަމުގައި އެކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުގެ ތެރޭގައި ހިނގި މުއާމަލާތެއްކަމަށް އެކުންފުނިން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އޮޑިޓް ރިޕޯޓަށް ބަލާއިރު އަދި މިހާތަނަށް ގެއްލުނު ފައިސާ ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.