ހުރްމުޒް ކަނޑުއޮޅި
ދުނިޔެ
22 Jun 2025 | 21:30
ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން އުޅޭތީ އެމެރިކާގެ އިންޒާރެއް އީރާނަށް

ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ތައްޔާރުވަމުންދާ މައްސަލާގައި އެމެރިކާއިން އެޤައުމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އެމެރިކާއިން އީރާނުގެ ސިޔާދަތީ ބާރުހިނގާ ސަރަހައްދުތަކަށް ވަދެގަނެ، ވައިގެ މަގުން ދިން ހަމަލާތައް އީރާނުން ވަނީ ވަރަށް ސީރިއަސްކޮށް ނަގާފައެވެ. މި މައްސަލާގައި އީރާނުން ބުނެފައިވަނީ އެޤައުމާ ދެކޮޅަށް ހަމަލާދޭނަމަ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭކަމަށެވެ. އެގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ބައެއް މީޑިއާތަކުން ވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ރުހުންދީފައެވެ. ނަމަވެސް މިކަމަށް ގޮތެއް ނިންމަވާނީ ސްޕްރީމް ކައުންސިލުންނެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނޭކަމުގެ ވާހަކަ ފެތުރުމާ ގުޅިގެން އެމެރިކާގެ އެކެރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ހުރްމުޒް ބަންދުކޮށްފިނަމަ އެހެދެނީ ވަރަށްބޮޑު ގޯހެއްކަމަށެވެ. އެކަން ހުއްޓުވުމަށް އެމެރިކާއިން ކުރަންހުރި ކަންކަން ކުރާނޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާއިން އަބަދުވެސް ވަރަށް ސީރިއަސްކޮށް ނަގާ ކަމެކެވެ. މީގެކުރިން އީރާން އާއި އެމެރިކާގެ ގުޅުން ގޯސްވާ ކޮންމެފަހަރަކު، އީރާނުން އެ ކަނޑުއޮޅި ބަންދުކުރާނޭކަމުގެ އިންޒާރު ދެއެވެ. 

ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ބޭރުކުރަނީ ހުރްމުޒް ކަނޑުއޮޅިންނެވެ. އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ، ގަލްފްގެ ގައުމުތަކުން ތެއޮ ބޭރުކުރުމަށް ގިނަ ވަގުތުތަކެއްނަގައި އެކަމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުވެގެންދެއެވެ. އެހެންކަމުން ހުރްމޮޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށްގޮސް ގައުމުތަކުގެ އިގްތިސާދު އިނދަޖެހުމުގެ ބިރު އެބައޮތްކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް