އީރާނުން ރައްދު ހަމަލާ ދިނުމަށް ބޭނުންކުރާ މިސައިލެއް... ފޮޓޯ: އީރާން ޑެއިލީ
ދުނިޔެ
23 Jun 2025 | 22:27
ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާތަކެއް ދީފި

ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް އީރާނުން މިސައިލް ހަމަލާތަކެއް މިރޭ ދީފިއެވެ.

އަލްޖަޒީރާއިން މިރޭ ބުނެފައިވަނީ، ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްކަމަށްވާ އަލް އުދެއިދު އެއާ ބޭހަށް އީރާނުން މިސައުިލް ހަމަލާތަކެއް ދީފައިވާަކަމަށެވެ. އެތަނަށް ހަމަލާދޭނޭކަމަށް އީރާނުންވެސް ވަނީ ބުނެފައެވެ. އަލް ޖަޒީރާއިން ބުނެފައިވަނީ، އަސްކަރީ މަރުކަޒަށް ފޮނުވާލި އެ ހަމަލާގެ ގޮވުމުގެ ބާރު އަޑުފަށްގަނޑު ދޯހާއަށް ފެތުރިގެން ދިޔަކަމަށެވެ.

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައިމިވަނީ، އިޒްރާއީލާ ގުޅިގެން އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒަކަށް ހަމަލާދިންތާ އެއްދުވަސްފަހުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޤަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ޤައުމުގެ ތެރެއަށް އައި މިސެއިލެއް ޑިފެންސް ސިސްޓަމުން ވައިގެ ތެރެއަށް ގޮއްވާލާފައިވާކަމަށެވެ. އިތުރު ތަފްސީލެއް ގަތަރަކުން ނުބުނެއެވެ.

ނަމަވެސް ޤަތަރުން މިހާރު ވަނީ އެޤައުމުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.

އީރާނުން ދިން ހަމަލާ ވައިގެ ތެރެއަށް ގޮއްވާލުމަށް ޑިފެންސް ސިސްޓަމްގެ ހަރަކާތްތައް... ފޮޓޯ: ރޮއިޓާސް

މި ހަމަލާއާ ގުޅިގެން އެމެރިކާއިން އަދި ވަކިއެއްޗެކޭ ނުބުނެއެވެ.

އީރާނުގެ ބިމު އަޑީގައިވާ ނިއުކްލިއާ މަރުކަޒަކަށް ހަމަލާދިންކަަށް އެމެރިކާއިން ބުނިނަމަވެސް އީރާނުން ބުނެފައިވަނީ ހަމަލާދިން ތަނަކީ  ބޭނުންކުރަމުންގެންދާ ތަނެއް ނޫންކަމަށެވެ. މިގޮތުން އެތަނަކީ މީގެ އެތައް ދުވަހެއްކުރިން މަސައްކަތް ހުއްޓާލައި ހުސްކޮށްފައިވާ ތަނެއްކަމަށްވެސް އީރާނުން ވަނީ ބުނެފައވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް