އީރާނުން އިސްރާއިލަށް ދިން ހަމަލާއެއް
ދުނިޔެ
24 Jun 2025 | 12:23
ހަނގުރާމަ ހުއްޓާލަން އެއްބަސްވި ކަމަށް ޓްރަމްޕް އިއުލާން ކުރި ނަމަވެސް، އީރާނާ އިސްރާއިލްގެ ހަމަލާތައް ކުރިއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހުގެ ރޭ އިރާނާއި އިސްރާއީލްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިއްޖެ ކަމަށް އިއުލާންކުރެއްވި ނަމަވެސް، ދެ ފަރާތުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އިރާނުން ގިނަ އަދަދެއްގެ މިސައިލްތައް އިސްރާއީލަށް ފޮނުވާލައި ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެފައިވާއިރު، މި ހަމަލާތަކުގެ ތެރެއިން އެއް މިސައިލް، ދެކުނު ސަރަހައްދެއްގައި ހުރި އާއްމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވެ، ތިން މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

މީގެ އިތުރުން، އީރާނުގެ ވެރިރަށް ތެހެރާނަށް އިސްރާއީލުން ރޭގެ ވަގުތު ހަމަލާދީފައިވާ ކަމަށް އީރާނުގެ ސަރުކާރު މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް މި ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވި ވަގުތުގެ ކުރިން ކަމަށް އީރާނާއި އިސްރާއިލުގެ މީޑިއާތަކުން ބުނެއެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުން ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވީ ޖީއެމްޓީ ގަޑިން ރޭ 3:00 އިން ފެށިގެންނެވެ. 

ޖޫން 13 ވަނަ ދުވަހު އިސްރާއިލުން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަދެ އީރާނަށް ވަނީ ބޮން އަޅާފައެވެ. އެއާއެކު އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް