ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އެރަށު ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލު ކުރެއްވުމުގެ ތެރެއިން. ފޮޓޯ/ އާރު.ޑީ.ސީ--
ހަބަރު
25 Jun 2025 | 11:11
އާރުޑީސީން ފަރެސްމާތޮޑާގައި ކުރިއަށްގެންދާ މަޝްރޫޢު ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޝްރަފް ރަޝީދާއި އެރަށު ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފަރެސްމާތޮޑާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގުޅޭގޮތުން ދެފަރާތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ހަމައެހެންމެ ދެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

އާރު.ޑީ.ސީއާ ހަވާލުކޮށްގެން ތަފާތު 3 މަޝްރޫއުއެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެރަށު ފުލުހުންގެ އިމާރާތާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތުގެ އިތުރުން ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ މަސައްކަތެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އާރު.ޑީ.ސީ އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. އަދި އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން އަންނަނީ ރަށްރަށުގައި މަސައްކަތްތަށް ކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ
19 Aug 2026
އިންޖިނިއާސް އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
19 Aug 2026
ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރާ ތަނެއް، މައްސަލަ އެމްއެފްޑީއޭއަށް
އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވަނީ އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ތަންތަން ހާއްސަ ގޮތެއްގައި އިންސްޕެކްޓްކޮށް، އެފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހު ކުރުމަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
19 Aug 2026
ޓައިވާނުން 2027 ވަނަ އަހަރަށް ރެކޯޑު އަދަދެއްގެ ދިފާއީ ބަޖެޓެއް ހުށަހަޅަނީ
މިއީ ޓައިވާނުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 3 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
19 Aug 2026
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރީ ހޯދީވެސް ދުވާފަރު ޓީމުންނެވެ
19 Aug 2026
މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ނުވަ ދުވަހުގެ ދަތުރުފުޅެއްގައި ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގެންފި
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.