ކުރީގެ ހޯމް މިނިސްޓަރު އިމްރާން... ފޮޓޯ: ދާހިލީ ވުޒާރާ
ހަބަރު
28 Jun 2025 | 07:52
އިމްރާނުގެ ސުވާލެއް އިގްތިސާދީ ވަޒީރު ސައީދަށް

ސަރުކާރުގެ އިގްތިސާދީ އެޖެންޑާއާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެ ސުވާލެއް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް އަމާޒުކުރައްވައިފިއެވެ.

ބެންކޮކްގައި ދިރިއުޅެމުން އަންނަ އިމްރާން މިފަހަރު ސުވާލު އަމާޒުކުރެއްވީ ޑޮލަރުގެ އަގުބޮޑުވަމުންދާކަމަށް ބުނާ މައްސަލާގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން އައްސަވާފައިވަނީ، "ނުހިފޭއްޓޭވަރަށް ޑޮލަރުގެ އަގު މައްޗަށް ގޮސް މުދަލާއި ކާބޯތަކެތީގެ އަގު މައްޗައް މިދަނީ ރައީސް މުއިއްޒުގެ ލަފާފުޅުގެ މަތިން އިކޮނަމިކު މިނިސްޓަރ އަޅުއްވާ ފިޔަވަޅުތަކުގެ ހަރުދަނާކަމުން ތޯ" މިހެންނެވެ. ނުވަތަ ރައީސްގެ ލަފާފުޅަށް މިނިސްޓަރަށް އަމަލު ނުކުރެއްވެނީތޯވެސް އިމްރާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިއްޔެ ވަނީ، ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމު ކުރަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން އެފަދަކަމެއް ކުރަން ނޫޅޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައާ ގުޅޭގޮތުން އިމްރާން އިގްތިސާދީވަޒީރަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައިވާއިރު، އިމްރާނު މި ފަހަކަށް އައިސް ވަރަަށް ހައްސާސް މައްސަލަތަކާ ބެހޭގޮތުންވެސް އަންނަނީ ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ދީނީ އިލްމުވެރިޔާ ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ކޮންމެވެސް ބަޔަކު ކުރިކަމެއްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. އިމްރާން އެހެން ވިދާޅުވިއިރު، އެމަނިކުފާނު ދާހިލީ ވަޒީރުކަމުގައި ހުންނެވިއިރު، އެ މައްސަލައިގެ ތެރެއަށް ވަންނަވާފައި ނުވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.