ޢަބްދުﷲ ޝާހިދު
ހަބަރު
30 Jun 2025 | 17:40
ޑޮލަރު ލިމިޓް އިތުރުކުރީ އޮޅުވާލައިގެން ރައްޔިތުން އަތުން އިތުރަށް ފައިސާ ނަގަން: ޝާހިދު

ބޭންކް އޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ ކާޑަށް ޑޮލަރު ނެގޭ ލިމިޓް 500 އަށް އިތުރުކުރީ އޮޅުވާލައިގެން ރައްޔިތުން އަތުން އިތުރަށް ފައިސާނަގަން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޤައުމީ ބޭންކުން މިއަދު ވަނީ ދިވެހި ރުފިޔާގެ އެކައުންޓްތަކަށް ދޫކޮށްފައި ހުންނަ ޑެބިޓް ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާހިދު ވިދާޅުވީ، ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫންކަމަށާއި، އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށެވެ.

ދިވެހިން އާއްމުކޮށް ބޭނުންކުރާ އޮންލައިން ވިޔަފާރި ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ފީއެއް ނެގުމަށް ނިންމުމަ ގުޅިގެން ޝާހިދު ވަނީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް އައު %30 ފީއެއް ނެގުމުގެ ސަބަބުން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ހަޤީގަތުގައި ބްލެކް މާކެޓަށްވުރެ ބޮޑުވާކަމަށެވެ. މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިންގ ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުންކަމަށެވެ.

" މިއީ އިސްލާހުގެ ބަދަލުގައި، އާންމު ދިވެހި ޢާއިލާތަކުގެ މައްޗަށް އިޤްތިޞާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ، އަދި ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުވަށް ހުޅުވުނު ދޮރެއް." ޝާހިދުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ކުރީގެ ހާރިޖީ ވަޒީރުކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ ބޭންކުން ނިންމި މި ސިޔާސަތުން ބޭރުފައިސާ މައްސަލަ ހައްލެއް ނުވާކަމަށާއި އާންމު ރައްޔިތުމީހާއަށްވީ ގެއްލުންކަމަށެވެ.

ބީއެމްއެލުން ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް އިތުރުކޮށްފައިވާއިރު، އެ ބޭންކުން ބުނީ އީކޮމާސް 6 ސައިޓެއް ފިޔަވައި އެހެން ހުރިހާ ސައިޓްތަކަކުން އެއްވެސް ޗާޖެއްނެތި ވިޔަފާރިކުރެވޭނޭަކަމަށެވެ. ރުފިޔާ އެކަންޓުތަކުގެ ޑެބިޓް ކާޑުތަކުން އޮންލައިނުކޮށް ޓިކެޓް ގަތުމާއި ސަބްސްކްރިޕްޝަން ފީތައްފަދަ އާއްމު މުއާމަލާތްތައް އެއްވެސް ޗާޖެއްނެތި ކުރެވޭނެއެވެ.

އަދި ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި އެނޫންވެސް ކްރެޑިޓްކާޑުތަކުން ކުރިއެކޭ އެއްގޮތަށް އެއްވެސް ޗާޖެއް ކުރުމެއްނެތި އޮންލައިން ޕޭމަންޓްތައް ހެދޭނޭކަމަށް ބީއެމްއެލުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.