އައިޖީއެމްއެޗް
ހަބަރު
02 Jul 2025 | 15:38
ޖީޕީ ކްލިނިކްތައް ފެށުމުން ސްޕެޝަލިސްޓުންނަށް ދެއްކުންވެސް ފަސޭހަވެގެންދާނެ: ހަލީމް

މާލެ އަދި ހުޅުމާލޭގައި ޤާއުމްކުރުމަށް ނިންމާފައިވާ އާއްމު ބަލީގެ ކްލިނިކް (ޖީޕީ ކްލިނިކް) ތައް ގާއިމްކުރެވިގެން ދިއުމުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ފަސޭހަވެގެންދާނޭކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް އިޖުތިމާއީ ކޮމިޓީގައި ރައްޔިތުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އުފުލަންޖެހޭ ތަކްލީފްތަކާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޢަބްދުއްރައްޒާގު ވިދާޅުވީ، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލުގެ ފަރާތުން މިހާރުވެސް މުހިއްމު ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ. މިގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުން މާލެ ސަރަހައްދުގައި 4 ޖީޕީ ކްލިނިކް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.  މާލޭގައި ދެ ކްލިނިކް ގާއިމްކުރެވިގެންދާއިރު، ހުޅުމާލެ ފޭސް 1 ގައި ކްލިނިކަކާއި، ފޭސް ދޭއްގެ ވިނަރެސް ޓަވަރުގައި ކްލިނިކެއް ގާއިމްކުރެވިގެންދާނޭކަމަށް ޢަބްދުއްރައްޒާގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖީޕީ ކްލިނިކްތަކުގެ ހިދުމަތް ދެވެން ފެށުމުން ސްޕެޝަލިސްޓުންނަށް ދައްކަން އިންތިޒާރުގައި ތިބެންޖެހޭ ތިބުން ވަރަށްބޮޑަށް ފަސޭހަވެ، ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަންކަން ކުރެވިގެންދާނޭކަމަށެވެ. ހާއްސަ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހައްދައިގެން އަންނަ ބައެއް ފަރާތްތަކުން އަސްލު ދައްކަންޖެހޭ ބަލީގެ ޑޮކްޓަރުނޫން އެހެން ޑޮކްޓަރަށް ދެއްކޭ ފަހަރު އަންނަކަމަށާއި، އެކަމުގެ ސަބަބުންވެސް އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަށް ދިގު އިންތިޒާރެއް ކުރަންޖެހޭަން ސީއީއޯ ފާހަގަކުރެއްވިއެވެ.

މިސާލަކަށް އަޅުގަނޑު މެއަށް ތަދުވީމަ އަޅުގަނޑު އަމިއްލައަށް އިހުތިޔާރު މި ކުރަނީ ދައްކާނީ ކާޑިއޯ ޖިސްޓަކަށޭ. ދެން ކާޑިއޯޖިސްޓަށް އެޕޮއިންޓްމަންޓް ހައްދައިގެން އެތައް ދުވަހު މަޑުކޮށްގެން އޭނާއަށް ދެއްކީމަ މި އިނގެނީ އަޅުގަނޑު ހިތުގެ މައްސަލައެއް ނެތޭ މި ވެދާނޭ ގޭހުގެ މައްސަލަކަށް ނުވަތަ އެހެން ކަމަކަށް. ދެން އަނެއްކާ އަޅުގަނޑު މި ޖެހެނީ ކިޔުއަށް އަރައި ކިޔުގައި އެތައް ދުވަހަކު ހުރެ ގޭސްޓްރޯ މީހަކަށްދައްކަން

ސީއީއޯ ޢަބްދުއްރައްޒާގު މިސާލެއްގެ ގޮތުގައި ވިދާޅުވިއެވެ

އަތޮޅުތެރޭގެ ރައްޔިތުން މާލެއައިސް ޑޮކްޓަރަށް ދެއްކުމުގައި އުފުލަންޖެހޭ ތަކްލީފްތަކާ ގުޅޭގޮތުން ޢަބްދުއްރައްޒާގް ވިދާޅުވީ، މިހާރުވެސް ދެ އަތޮޅެއްގައި ޓެލެ މެޑްސިންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ފ އަދި ހދ އަތޮޅު ހޮސްޕިޓަލްތަކުގައި ޓެލެމެޑިސިންގެ ހިދުމަތް ތައާރަފްކުރުމަށް މިހާރުވެސް މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށް އަމާޒުކޮށް އައުޓްރީޗް ޕްރޮގްރާމްތަކެއް ފަށާފައިވައިރު، މިކަމުގެ ސަބަބުންވެސް ޑޮކްޓަރަށް ދެއްކުމަށް މާލެ އަންނަ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނޭކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ. 

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މިއަހަރުގެ ތެރޭގައިވަނީ ހދ ކުޅުދުއްފުށި އަދި ގދ ތިނަދޫގައި އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރުން ވަނީ އެ ރަށްރަށަށްގޮސް ބަލިމީހުންބަލައި، ބައެއްކަހަލަ އޮޕަރޭޝަންތައްވެސް ކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.