ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ރެލީއެއް: މިހާރު އެންމެ މެންބަރުން ގިނައީ އެ ޕާޓީގައި -- ފޮޓޯ: ވޮއިސް
ހަބަރު
03 Jul 2025 | 07:11
ޕާޓީތަކުގެ ދަފްތަރު؛ ޕީއެންސީގައި 68000، އެމްޑީޕީގައި 43000 މެންބަރުން

ސިޔާސީ ޕާޓީތަކުގެެ ދަފްތަރުގައި މިވަގުތު މެންބަރުން ހިމެނޭ އަދަދު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

ކޮމިޝަންގެ ދަފްތަރު ގައި ވަނީ ނުވަ ޕާޓީ އެކެވެ. އެ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނައީ ރައީސް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގަ އެވެ. ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ދަފްތަރުގައިވާ ގޮތުން ކޮންގްރެސް ޕާޓީ ގައި ތިބީ 68،665 މެންބަރުނެވެ.

އެމްޑީޕީ ގައި 43،765 މެންބަރުން އެބަ ތިއްބެވެ. ދެން އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގައި ތިބީ 13،456 މެންބަރުންނެވެ.

އެހެން އެއްވެސް ޕާޓީއެއްގައި 10،000 މެންބަރުން ހަމައެއް ނުވެ އެވެ.

ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ ގައި ތިބީ 9،011 މެންބަރުންނެވެ. މިވަގުތު ބެންކޮކުގައި ދިރިއުޅޭ ކުރީގެ ހޯމް މިނިސްޓަރު އިމްރާން ރައީސްކަން ކުރާ އަދާލަތު ޕާޓީ ގައި ތިބީ 8،844 މެންބަރުންނެވެ.

މި ދެ ޕާޓީން 10،000 މެންބަރުން ހަމަކުރަނީ ދައުލަތުން ދޭ ފައިސާ ހޯދަން އެކަމަށް ކަނޑަައަޅާފައި އޮންނަ ވަގުތު އެވެ. އޭގެ ފަހުން އެ އަދަދު ދަށްވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ ގައި ތިބީ 5،836 މެންބަރުންނެވެ.

އެމްޑީޕީ ރޫޅާލަން އުފެއްދި ދަ ޑިމޮކްރެޓްސްގައި މިވަގުތު 3،547 މެންބަރުން އެބަ ތިއްބެވެ. ނަމަވެސް ޕާޓީގެ މުޅި ލީޑާޝިޕް ހިމެނޭހެން ގިނަ މެންބަރުން މިހާރު ވަނީ އަލުން އެމްޑީޕީގައި ގުޅިފަ އެވެ. އެހެން ކަމުން ދަފްތަރު ދެން އަދާހަމަ ކުރާއިރު މެންބަރުންގެ އަދަދު ވަރަށް މަދުވާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް ގައި 3،046 މެންބަރުން އެބަ ތިއްބެވެ. އެއީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރެވެ.

މިވަގުތު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީގައި ގާނޫނީ އަދަދު ވެސް ހަމައެއް ނުވެ އެވެ. އެ ޕާޓީގައި ތިބީ 2،272 މެންބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި