އެމްޑީޕީއިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން- ފޮޓޯ/ ވޮއިސް
ހަބަރު
07 Jul 2025 | 11:30
ހޯދަންބުނި އެއްވެސް ފައިސާއެއް މިހާތަނަށް ސަރުކާރަކަށް ނުހޯދުނު: އަމީރު

ސަރުކާރުން ހޯދާނެކަމަށްބުނި އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައިނުވާކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ނިމިނު 2024 ވަނަ އަހަރު 500 މިލިއަން ޑޮލަރު ހޯދާނެކަމަށް ބަޖެޓްކޮށްފައިވާކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. މި ހިނގާ 2025 ވަނަ އަހަރު 432.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގަ އަދި އެހެނިހެން ގޮތްގޮތަށް ހޯދަން ބަޖެޓްގައި ހިމަނާފައިވާކަމަށާ އަދި މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 120 މިލިއަން ޑޮލަރު ހޯދާނެކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މިއަހަރުގެ މިހާތަނަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް 2024 ވަނަ އަހަރު ނިމުނުއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 7 ބިލިއަނުން ސަރުކާރުން ދަރަނިވެރިވެފައި އޮތުމުގެ ސަބަބުން ބިލްތަކަށް ފައިސާ ނުދެއްކި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވުމާ ދިމާލަށް އަންނަ ކަމަށާއި އަދި މި ހިނގާ 2025 ވަނަ އަހަރުވެސް އެ މައްސަލަތަށް އިތުރަށް ގޯސްވަމުން އަންނަކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ 7 ބިލިއަން ޑޮލަރުގެ އިތުރަށް ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ދައްކަން އޮންނާނެކަމަށެވެ.

ސަރުކާރު ހިންގަމުން ދަނީ ލޭންދޭނަށް ކަމަށާ، ސަރުކާރުން ޕްރޮޖެކްޓްތަށް ހިންގުމަށްފަހު ޕްރޮޖެކްޓްތަކަށް ފައިސާ ނުދައްކާ ކަމަށާ ރާއްޖޭގެ ކޮންޓްރެކްޓަރުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްކޮށް ސަރުކާރު ހިންގަމުންދާކަމަށް ބުނެ އަމީރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

2024 އަދި 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާލިކަމުގައި ވިޔަސް ނުވަތަ މާލީ އަދި އިގްތިސާދީ ސިޔާސަތަށް ބަލާލި ކަމުގައި ވީނަމަވެސް ސަރުކާރަށް ނުކުރެވޭ އެންމެ ބޮޑުކަމަކީ ބަޖެޓަށް ފައިސާ ހޯދުންކަމަށާ، އެކަމުގެ ސަބަބުން ނިމިދިޔަ ސަރުކާރުގައި ފެށި ޕްރޮޖެކްޓްތަކެއް ހުއްޓިފައިވާކަމަށެވެ. 

އަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކަޅު ފައިސާ ރާއްޖެއަށް ހޯދޭނެ ގޮތްތަކަށް ސަރުކާރުގެ އިސްފަރާތްތަކުގެ ވިސްނުން ހުންނަކަމަށެވެ. 

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކަޅު ފައިސާގެ އަވާގައި ސަރުކާރު ޖެހި، ކަޅު ފައިސާ ހޯދޭނެ ގޮތްތަކަށް އެމަގުން ސަރުކާރުގެ އިސްވެރިންގެ ވިސްނުން ހުންނަތަން ފެނިގެން މިދަނީ. އަޅުގަނޑު ކުރިން ވެސް ޕްރެސްތަކުގައި ފާހަގަކުރަމުންދިޔައިން ޔޫގަންޑާއިން ފައިސާ ހޯދާ ވާހަކަ، އީސްޓް އޭޝިޔާގެ ޤައުމުތަކަށް އީސްޓް ޔޫރަޕްގެ ގައުމުތަކަށް ސަރުކާރުގެ އިސްވެރިން ގޮސް ކަޅު ފައިސާ ހޯދަން މަސައްކަތްކުރާ ވާހަކަ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ބަޖެޓަށް ފައިނޭންސް ހޯދުމަށް ސަރުކާރު ނުކުޅެދިފައިވުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަށް ހުއްޓިފައިވާކަމަށާ އޭގެ ނަތީޖާ އަކަން ވެގެންދަނީ ޕްރޮޖެކްޓްތަށް ހިންގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭންޖެހުން ކަމަށާ، އެހެންނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ޕްރޮޖެކްޓްތަށް ހިންގުމުގެ ގާބިލްކަން ނެތްކަން އަމީރު އިތުރަށް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.