އިހަވަންދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުތައް އެރަށަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އާރު.ޑީ.ސީ---
ހަބަރު
02 Jun 2025 | 11:14
އާރު.ޑީ.ސީ އިން އިހަވަންދޫގައި އަޅާ އައު ހޮސްޕިޓަލަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރު.ޑީ.ސީ އިން ހއ. އިހަވަންދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އާރު.ޑީ.ސީއިން ބުނެފައިވާ ގޮތުގައި އިހަވަންދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ މަޝްހޫރު އަކީ އެކުންފުނި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު ސަރުކާރުން އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގައެވެ. އިހަވަންދޫގައި އިމާރަތްކުރާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތަކާ އެކީގައިކަން ފާހަގަކޮށްލަންޖެހެއެވެ. މި މަޝްރޫއު އަށް ޖުމުލަ 123 މިލިއަން ރުފިޔާގެ ހޭދަވާނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިހަވަންދޫގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިލަކަށް ވެގެންދާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.