އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ/ ވޮއިސް---
ހަބަރު
04 Jun 2025 | 14:53
އައި.ޖީ.އެމް.އެޗް އައިސީޓީ ފެސިލިޓީގެ މަސައްކަތަކީ ވިޔަފާރީގެ އުސޫލުން މިހާތަނަށް ކުރެވުނު އެންމެ ބޮޑު މަސައްކަތް: އާރު.ޑީ.ސީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އައިސީޓީ ފެސިލިޓީގެ މަސައްކަތަކީ މިހާތަނަށް ކޮމަރޝަލްކޮށް ކުރެވުނު އެންމެ ބޮޑު މަސައްކަތްކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ބުނެފިއެވެ.

އާރު.ޑީ.ސީއިން މިހެން ބުނެފައި ވަނީ އައި.ޖީ.އެމް.އެޗް 75 އެނދުގެ ވޯޑްގެ މަސައްކަތްތަކާ ބެހޭގޮތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އާރު.ޑީ.ސީއިން ބުނނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޖެނެރަލް ވޯޑުގައި 45 އެނދުގެ ޖާގަ ހުންނާނެކަމަށާއި، ހައި ޑިޕެންޑެންސީ ޔުނިޓްގައި 15 އެނދުގެ ޖާގަ ހުންނާނެކަމަށެވެ. މީގެ އިތުރުން ވޯޑްގައި 32 ފާހާނަ އާއި، 6 ނަރުހުންގެ ސްޓޭޝަންތައް ގާއިމްކުރެވިފައި ހުންނާނެކަމަށް ވެސް އާރު.ޑީ.ސީ އިން ވަނީ ބުނެފައެވެ.

އައި.ޖީ.އެމް.އެޗް 75 އެނދުގެ ވޯޑް ތަރައްޤީކޮށްފައިވަނީ، ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން 75 މީޓަރަށްވުރެ ދިގުކޮށް ކޭބަލް އެޅުމާއި، 500 އަށްވުރެ ގިނަ ނެޓްވޯކް ޕޮއިންޓުގެ މަސައްކަތް ކުރެވިފައިވާކަމަށް އާރު.ޑީ.ސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން 24 އޮޓޮމެޓިކް ދޮރުގެ މަސައްކަތާއި، ޕްރައިމެރީ ނަރސް ކޯލް ސިސްޓަމް ނެޓްވޯކް ވެސް ވަނީ ގާއިމްކޮށްފައެވެ.

އައިޖީއެމްއެޗްގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.