ވިލިއަމް ޕަަވޯ އަދި ލޫކަސް ހެނާންޑޭޒް..
ކުޅިވަރު
08 Jul 2025 | 22:03
ޕަަވޯ އަދި ހެނާންޑޭޒަށް ކުލަބު ވޯލްޑްކަޕް ނިމިއްޖެ

މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިޔުމިކާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ވިލިއަމް ޕަޗޯ އަދި ލޫކަސް ހެނާންޑޭޒަށް ދެއްކި ރަތްކާޑާއެކު އެދެކުޅުންތެރިންނަށް މުބާރާތް ނިމިޖެއެވެ.

ޕަޗޯ އަދި ހެނާންޑޭޒަށް ދެއްކި ރަތްކާޑާއެކު ފީފާ އިން މިދެކުޅުންތެރިން ވެސް ވަނީ ދެމެޗަށް ސަސްޕެންޑްކޮށްފައެވެ. މިއާއެކު ސެމީފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޕީއެސްޖީ ފައިނަލަށް ހޮވުނު ނަމަވެސް މިދެކުންތެރިންނަކަށް ނުކުޅެވޭނެއެވެ.

އުމުރުން 23 އަހަރުގެ އެކުއެޑޯ ޑިފެންޑަރު ވިލިއަމް ޕަޗޯއަކީ މި ސީޒަނުގައި ޕީއެސްޖީ އިން ހޯދަމުންދާ ކާމިޔާބީތަކުގައި ޓީމުގެ ދިފާއީ އެންމެ މުހިންމު އެއްކުޅުންތެރިޔާ އެވެ 29 އަހަރުގެ ހެނާންޑޭޒްއަކީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ ދިފާއީ ކުޅުންތެރިޔާއެވެ.

ބަޔާން މިޔުނިކާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެނާންޑޭޒް ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އެމެޗުގައި ދެކުޅުންތެރިން މަދުކޮށް ކުޅެންޖެހުނު ނަމަވެސް ޕީއެސްޖީ އިން ވަނީ 2-0 ގެ ނަތީޖާއަކުން ބަޔާން ބަލިކޮށްފައެވެ.

މީގެ އިތުރުން ޕީއެސްޖީ އާއި ދެކޮޅަށް ނުކުންނަ ރެއާލް މެޑްރިޑަށް ވެސް ވަނީ ސަސްޕެންޝަންގެ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން މިމުބާރާތުގައި އެޓީމުގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދިޔަ ޑީން ހުއިސަން ވަނީ މިމެޗަށް ސަސްޕެންޑްވެފައެވެ.

ކުއާޓާފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-2 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހުއިސަންއަށް ދެއްކި ރަތް ކާޑާއެކު ފީފާ އިން ވަނީ އޭނާ އެއްމެޗަށް ސަސްޕެންޑްކޮށްފައެވެ. މިއާއެކު ސެމީގައި ނުކުޅެވުނު ނަމަވެސަ ރެއާލް ފައިނަލަށް ހޮވިއްޖެނަމަ އޭނާއަށް ފައިނަލުގައި ކުޅެވޭނެއެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ބްރެޒިލްގެ ފްލެމިނެންސް އާއި އިނގިރޭސި ޕްރެމިއާ ލީގުގެ ޗެލްސީ ވާދަކުރާއިރު، ރެއާލް މެޑްރިޑާއި ޕީއެސްޖީ ވާދަކުރާ ސެމީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.