ތެރަޕިއުޓިކް ފަރުވާގެ ހިދުމަތްދޭ ތަނަކަށް ކުއްޖަކު ވަންނަނީ... ފޮޓޯ: ވޮއިސް
ހަބަރު
12 Jul 2025 | 09:33
ޖޫންމަހު ތެރަޕީ ފަރުވާގެ ހަރަދަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި: އެންސްޕާ

ހުސްވި ޖޫންމަހު އެކަނިވެސް ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.

އެންސްޕާއިން ބުނީ ޖޫންމަހު ނުކުޅެދުންތެރިކަން ހުންނަ 4،236 މީހަކަށް ޖުމްލަ 51.2 މިލިއަން ރުފިޔާގެ މާލީ އެހީދީފައިވާކަމަށެވެ. އޭގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް 4،055،281 ރުފިޔާ ހޭދަވިކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. ޖޫންމަހު ތެރަޕީ ފަރުވާގެ ކަންކަމަށް 108 ފަރާތަކަށް ވަނީ އެހީ ހަމަޖައްސައިދީފައެވެ.

މީގެ އިތުރުން ބޭސްފަރުވާގެ އެހީގެ ދަށުން ތެރަޕިއުޓިކް ފަރުވާ 55 މީހަކަށް ހަމަޖައްސައިދީފައިވާއިރު، އެފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 385،302 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.

އެންސްޕާއިން ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކަށް ޖޫންމަހު 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާއިރު، ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކަށް ކޮންމެ މަހަކުވެސް ކުރަންޖެހޭ ހޭދަ އިތުރުވަމުން އަންނަކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު 1،793 އަށް އަރާއިރު، އޯޓިޒަމް ކުދިންގެ ރަޖިސްޓްރީގައި މިހާރުވެސް 586 މީހުންނާއި ކުދިން އެބަތިއްބެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ބޮޑު އަދަދެއް ދައުލަތުގެ ބައިތުލްމާލުން ހާދަކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ފެންވަރު ބެލޭނެ ގޮތެއް އަދި މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރިލްމަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރުން ފެށިގެން ތެރަޕީތަކަށް ފައިސާ ދެމުން އަންނައިރު، އަދި މިހާތަނަށް މިކަމަށް ވަކި އުސޫލެއް އަދި ތެރަޕީތަކުގައި ވަކި ފެންވަރެއް ހުންނަންޖެހޭނެ ފަދަ މިންގަނޑުތަކެއް އެކުލަވާލެވިފައި ނުވާކަމަށެވެ.  ނަމަވެސް ހެލްތް މިނިސްޓްރީއާއެކު މިހާރު އެ މަސައްކަތް ކުރެވެމުން އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރު ތެރަޕިއުޓިކް ފަރުވާގެ ކަންކަން ފެށިގެން އާއިރު ހިދުމަތްހޯދާ 119 ކުދިން ތިބިނަމަވެސް މިހާރު އެއަދަދު 1،087 އަށްވުރެ ގިނައެވެ. އެސްޕާގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެކަނިވެސް ތެރަޕިއުޓިކް ފަރުވާ ހޯދަމުން އަންނަ 675 ކުއްޖަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރާއްޖޭގައި އޭޑީއެޗްޑީ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، ތެރަޕިއުޓިކް ފަރުވާގެ ހިދުމަތް ހޯދުމުގައި ގޮންޖެހުންތަކެއް ހުންނަކަމަށް އެފަދަ ކުދިންގެ ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސެންޓަރުތަކުން ދެމުން އަންނަ ތެރަޕިއުޓިކް ފަރުވާގެ ހިދުމަތްތަކަށް ބޮޑު ހޭދައެއްކުރަންޖެހުންކަމަށް ބެލެނިވެރިން ބުނެއެވެ. 

ކޮމެންޓް
ކުރުސީ
މިހާރު ނަންބަރު އައިނެއް އޮންނަ ކޮންމެ މީހަކަަށްވެސް ނުކުޅެދުންތެރިންނަށް ލިބޭ އެލަންވަސް ލިބޭ. ޢެއްވެސް ހަމައެއް ލަމައެއް ނޯވޭ.
12 Jul 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.