އިނގުރައިދޫގެ މަގެއް. ފޮޓޯ/ ވޮއިސް---
ހަބަރު
12 Jul 2025 | 13:05
އިނގުރައިދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށަނީ

ރ. އިނގުރައިދޫ މަގުހެދުމުގެ އަމަލީ މަސައްކަތް މިހިނގާ ޖުލައިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިނގުރައިދޫގެ މަގުތައް ހެދުމާ ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިނގުރައިދޫ ކައުންސިލުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އާރު.ޑީ.ސީ އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިނގުރައިދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތް ފެށުމާ ގުޅޭގޮތުން ނިންމަންޖެހޭ މުހިއްމު ނިންމުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާކަމަށެވެ.

އާރުޑޫސީއާ އިނގުރައިދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: އިނގުރައިދޫ ކައުންސިލް

އާރުޑީސީން މިހާރު ވަނީ އިނގުރައިދޫ މަގުތައް ހެދުމުގެ މަސައްކަތްތައް ފެށުމަށްޓަކައި އެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައެވެ. އެގޮތުން އާރު.ޑީ.ސީ އިނގުރައިދޫ ސައިޓަށް ހޯދާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:

- ސުޕަވައިޒަރ (1)

- އިންވެންޓްރީ މެނޭޖްމެންޓް އޮފިސަރ (1)

- ސެކިއުރިޓީ ގަރޑް (2)

- ސަޕޯޓް ސްޓާފް (1)

- ވެލްޑަރ (1)

- މޭސަން (1)

- ޕްރޮޖެކްޓް އެސިސްޓެންޓް (1)

އިނގުރައިދޫގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. އޭރު މި މަސައްކަތް ނިންމުމަށް ދީފައިވަނީ، 600 ދުވަހެވެ. މި މަޝްރޫޢުތައް 54 މިލިއަން ރުފިޔާ ހަރަދުވާއިރު، 1.9 ކިލޯމީތަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

އިނގުރައިދޫއަކީ އާބާދީގައި 2،161 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އިނގުރައިދޫގެ ބޮޑެތި މަގުތަކުގައި އަޑިގުޑަން ބޮޑުވުމުގެ ސަބަބުން އެތައް އުނދަގޫތަކެއް ރައްޔިތުން ތަހައްމަލުކުރަން ޖެހެއެވެ. ވާރޭ ވެހިއްޖެނަމަ ރަށުގެ މަގުތަކުގައި ފެންބޮޑުވެ އާއްމު ދަތުރުފަތުރަށް އުނދަގޫވާކަމަށް އެރަށު ރައްޔިތުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.