ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް
ހަބަރު
13 Jul 2025 | 19:20
ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ދިވެހިރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް ބަދަލު ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިއީ ވިސްނުންތެރި އިސްލާހުތަކަކާ އެކު އިތުރަށް ފުރިހަމަ ކުރެވިފައިވާ ލޯގޯއަކާއި ބްރޭންޑް އައިޑެންޓިޓީއެއް ކަމަށެވެ. މިއީ މަދު އިސްލާހުތަކެއް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ގެނެވިފައިވާ ބަދަލުތަކެއް ކަަމަށާ މި ބަދަލުތަކުގެ ސަބަބުން، ހުރިހާ ވަސީލަތެއްގައި ވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ގާއިމުކުރެވޭނެ ކަމަށެވެ.

އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އަދި މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިސްލާހުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވާނެ ކަމަށް ބުންޏެވެ.

ލޯގޯއަށް ގެނައި އިސްލާހުތަކާއެކު، ބްރޭންޑިންގެ ހަމަތަށް ވެސް ވަނީ މުއާސަރު ކޮށްފައި ކަމަށާ އެގޮތުން ބޭނުންކުރާ ފޮންޓުތަކާއި ލުއިކުރެވިފައިވާ ޑިޒައިން އުންސުރުތަކުން މަންޒިލާ ގުޅޭ މަންޒަރުތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެވި، އިތުރު ގްރެފިކްސްތަކަށް ބަރޯސާވުން މަދުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ހުރިހާ މުއާމަލާތެއްވެސް އިތުރަށް ސާފުވެ އަދި ގުޅިލާމެހިފައިވާ ވިޝުއަލް ބަހުރުވައެއް ކަށަވަރު ވާނެ ކަމަށް ވެސް ބުންޏެވެ.

މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ހުރިހާ މަންސަތަކެއްގައި އަދި ވަސީލަތްތަކެއްގައިވެސް މިހާރު ބޭނުން ކުރަމުން ދަނީ އިސްލާހު ކޮށްފައިވާ ލޯގޯ އަދި ބްރޭންޑިން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ