އިސްލާމިކް މިނިސްޓްރީގެ ނަން ބޯޑު | ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2025 | 08:59
ފަޤީރުންނަށް އިސްލާމިކް ހެލްތް އިންސްއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފަގީރުންނަށް ހެލްތް އިންސްއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. 

އެކަމަށް އެދި ބީލަން ހުޅުވާލެވިފައި ވަނީ ވިޔަފާރި ރަޖިސްޓްރި ކޮއްފައިވާ އަދި އިންސްއަރެންސް ދޫކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި ކަމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ އެދިފަ އެވެ.

Bid registration form - Ministry of Islamic Affairs (142)

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހަމަޖެއްސުން ކުރިޔައް ގެންދިޔުން ހަމަޖެހިފައި ވަނީ 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ނިޔަލަށެވެ. 

އިިތުރު މައުލުމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 21 ވާ ހޯމަ ދުވަހުގެ 13:00 ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް [email protected] އީމެއިލް ނުވަތަ 3020212، 3021414 ނަންބަރު އަށް ގުޅުއްވާ މައުލޫމާތު ސާފު ކޮއްލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ . 

ހެލްތް އިންސްއެރަންސް ހަމަޖެއްސުމަށް ނިންމާފައި ވަނީ ފުރާނައަށް ގެއްލުންވާ ފަދަ ބަލިތަކަށް ބޭސްފަރުވާ ހޯދަމުންދާ ހާލުގައި ޖެހިފައިވާ ފަގީރުންނަށެވެ. މީގެ ތެރެއިން ވެސް ބޮޑައް އަމާޒު ކުރެވިފައިވަނީ ކެންސަރު ބަލި ފަދަ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށެވެ. 

ފާއިތުވެ ދިޔަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ ތެރެއިން ބޮލަކަށް 4000 ރުފިޔާ ވަނީ ދެވިފައެެވެ. ނަމަވެސް ފެށުނު ހިޖުރީ އަހަރު ވަނީ 1000 ރުފިޔާ އިތުރު ކޮއްފައެވެ. ޖުމްލަ އަދަދެއްގެ ގޮތުގައި މިހާރު ބޮލަކަށް 5000 ރުފިޔާ ހަމަޖެއްސުމަށް ވަނީ ނިންމާފަ އެެވެ. އަދި ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ކޮއްފައިވާ މީހުންގެ އަދަދަކީ 2852 މިހުން އެވެ.

ނިމިދިޔަ އަހަރުގެ ޒަކާތު ފަންޑުން ލިބިފައިވާ ފައިސާގެ ބޮޑުބައި މި ކަމަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް