ބޭންކް އޮފް މޯލްޑިވްސް| ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2025 | 14:03
ބީއެމްއެލް ސުޓޫޑެންޓް ކާޑުން %10 ގެ ޑިސްކައުންޓް އެއް

ބީއެމްއެލްގެ ސުޓޫޑެންޑް ޑެބިޓް ކާޑުގެ ޕީއޯއެސްގެ މެޝިންތަކުން ފައިސާ ދެއްކުމުން %10 ގެ ޑިސްކައުންޓް ލިބޭނެ ގޮތް ހަދައިފި އެވެ.

މި ޑިސްކައުންޓް ލިބޭނެ ރެސްޓޯރެންޓްތަކާއި ފިހާރަ އަދި ބުކްޝޮޕް ފަދަ ތަންތަނުގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ.

ސުޓޫޑެންޓް ކާޑު ފަރުމާ ކޮށްފައިވަނީ ދެ އުމުރު ފުރާ އަކަށް ބަހާލައިގެނެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާއި 13 އަހަރާއި 18 އަހަރުގެ ދެމެދެވެ. މި ކާޑުން ކުރާ ހަރަދުން ކޮންމެ ކުއްޖެއްގެ ސޭވިންް އެކައުންޓް އަށް 0.5 އިންސައްތަ އަހަރެއްގެ މައްޗަށް ބޭންކުން ޖަމާކޮށްދޭނެ އެވެ.

މީގެ އިތުރުން ބެލެނިވެރިންނަށް މި ކާޑަށް ފައިސާ ފޮނުވައި ހަރަދުތައް ހިންގާ ގޮތުގެ ހުރިހާ މައުލޫމާތެއް ބެލޭނެ އެވެ. ކާޑު ފްރީޒް ކުރުމާއި، އަންފްރީޒް ކުރުމާއި ބްލޮކް ކުރުމާއި ޕިން ބަދަލު ކުރުމުގެ އިހްތިޔާރު ބެލެނިވެރިޔާ އަށް އެޕް މެދުވެރިކޮށް ލިބެ އެވެ. މި ކާޑު ދޫކުރުމުގައި އެއްވެސް ފީއެއް ވެސް ނުނަގަ އެވެ. 

ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް މި ކާޑުގެ ހިދުމަތް ލިބޭނެ އެވެ. އެ ގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް މަހެއްގެ މައްޗަށް 100 ޔޫއެސް ޑޮލަރު ކަނޑައެޅާފައިވެ އެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުން ރަޖިސްޓްރީ ކުރުމުން މަހަކު 1200 ޑޮލަރާއި ހަމައަށް ބޭނުން ކުރެވޭނެ އެވެ.

ބެންކުން ބުނި ގޮތުގައި މި ކާޑުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ފައިސާގެ އަހައްމިއްޔަތުކަން ދަސްކޮއްދީ ފައިސާ ހަރަދު ކުރުމުގައި ޒިންމަދާރު ގޮތެއް ދަސްކޮށްދިނުމެވެ. އަދި މަލީ މިނިވަންކަން ދަސްކޮށް ދިނުމާއި ޅައުމުރުގައި ފައިސާގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަސްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް