ރާއްޖޭގައި ހުރި އެންމެ ރީތި އަދި އެންމެ ޒަމާނީ ހޮސްޕިޓަލް -- ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2025 | 22:06
ކެންސަރު ހޮސްޕިޓަލްގެ ވައުދު މި ސަރުކާރުން ފުރިހަމަ ކޮށްދޭނެ: މިނިސްޓަރު

ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއްް އެޅުމަށް ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަ ކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ނާޒިމް މިހެން ވިދާޅުވީ ންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއްް އެޅުމުގެ ވައުދު ނުފުއްދި ދިގު ލައިގެންދާތީ އާންމުންގެ މީހަކު ކުރި ސުވާލަކާއި ގުޅިގެންނެވެ. އޭނަ ވަނީ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ ވާހަކަ ދައްކާތާ 10 އަހަރު ވެފައިވާކަން ފާހަގަކޮށް އެކަން ހަގީގަތަކަށް ވާނީ ކޮށް ދުވަހަކުންތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ކަންބޮޑުވުން ބަލައިގަންނަ ކަމަށެވެ. މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާ އެ މަޝްރޫއުއަށް ފަައިސާ ހޯދުމުގެ މަަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ

އަދި އެ މަޝްރޫއުއަށް ކުރަން ޖެހޭ ކަރުދާހުގެ މަސައްކަތްތަކާއި ޓެކްނިކަލީ ވާންޖެހޭ ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޔަގީންކަން ދެއްވީ ކެންސަރު ހޮސްޕިޓަލްގެ ވައުދު ހަގީގަތަކަށް ވާނެ ކަމެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ވައުދު ފުރިހަމަކޮށްދޭނެ," މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމު ކުރެވޭ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި ހެދުމަށް ކުރީގެ ސަރުކާރުން ނިންމި އެވެ. އޭގެ ކުރީން އިންޑިއާ ސަރުކާރުން އޮތީ ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރު ނިމުނީ އެ މަަސައްކަތުގެ އެއްވެސް ކަމެއް ނުފެށި އެވެ.

ކެންސަރު ހޮސްޕިޓަލެއް ގާއިމު ކުރުމަކީ ރައީސް މުޢިއްޒުގެ ވެސް ވައުދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.