އެމް.ޑީ.ޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ/ ވޮއިސް---
ހަބަރު
16 Jul 2025 | 13:32
ސަރުކާރުން ދަނީ"ރަން ރީނދޫ" ހަރަކާތަށް ހުރަސް އަޅަމުން: އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 20 އަހަރު ފުރުމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ރަން ރީނދޫ" ހަރަކާތައް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެޕާޓީން ތުހުމަތު ކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތަށް ސަރުކާރުން ދަތިކުރަމުންގެންދާކަން ފާހަގަކޮށް އެވާހަކަތައް ހިއްސާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން "ރަން ރީނދޫ"ގެ ނަމުގައި މި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހިނގާލުމާއި ދުވުމުގެ ހަރަކާތައް ހުއްދަ ހޯދުމަށް އެޗްޑިސީއަށް ދެ ފަހަރެއްގެމަތިން ސިޓީ ފޮނުވާފައިވާނޭކަމަށެވެ. 

އެހެން ނަމަވެސް އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ އެޗް.ޑީ.ސީން އެ ހަރަކާތް ބާއްވަން ހުއްދަދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މި ހަރަކާތް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 18 ވަނަ ދުވަހު ދަންމަރަކާ އެކީ ހުޅުމާލޭގައި ކަމަށެވެ. އެގޮތުން ހއ. ތުރާކުނުން ފެށިގެން އައްޑޫސިޓީއަށް، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން މި ހަރަކާތް ކުރިއަށް ގެންގޮސް ނިންމާލުމަކީ އަމާޒެއް ކަމަށް ހަސަން ވިދާޅުވި އެވެ.

އެ ދަންމަރަކީ އެމްޑީޕީގެ މި ފާއިތުވި 20 އަހަރު ދިވެހި ރައްޔިތުންނަށާއި މި ރާއްޖެއަށް ކޮށްދީފައިވާ އެކިއެކި މަސައްކަތްތައް ޚިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް. މިއީ ސިޔާސީކަމެއްނޫން

ހަސަން ވިދާޅުވިއެވެ.

އެމްޑީޕީން މި ހަރަކާތް ކުރިއަށް ގެންދަން ކުރިން ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕަރކް ވަށައިގެން އޮންނަ ބަގީޗާ ހިނގުމުގަ އެވެ. އެހެން ނަމަވެސް އެޗްޑީސީން އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހުއްދަ ނުދިނުމާ ގުޅިގެން އެމްޑީޕީންވަނީ އެ ހަރަކާތް މަޖީދީމަގުގައި ބޭއްވުމަށް ނިންމާފައެވެ.

އެގޮތުން އެމްޑީޕީން މިހާރު ނިންމާފައިވަނީ "ރަން ރީނދޫ ހަރަކާތް" މިމަހުގެ 25 ވަނަ ދުވަހު އާޓިފިޝަލް ބީޗުން ފެށުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.