ދިވެހި ދައުލަތައް ހިދުމަތް ކުރުމުގެ އިނާމު ކަރމްބެއަށް ދެއްވަނީ | ފޮޓޯ : ރައީސް އޮފީސް
ހަބަރު
17 Jul 2025 | 10:52
ސިއްހީ ދާއިރާގައި ދިވެހިންނަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެއްވި ކަރީމްބެ އަވަހާރަވެއްޖެ

ދިވެހިންގެ ސިއްޙީ ކަންކަމުގައި އެހީތެރިކަން ފޯރު ކޮއްދެއްވަމުން އައި ޢަބްދުލްކަރީމް އާދަމް ( ކަރީމްބެ) އަވަހާރަވެއްޖެއެވެ.

އުމުރުން 80 އަހަރުގައި ކަރީމްބެ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ކަރީމްބެ ބަލިވެ އުޅުއްވާތާ ދުވަސްތަކެއްފަހުންނެވެ. ކަރީމްބެގެ ކަށުނަމާދު ބާއްވަން ހަމަޖެހިފައި ވަނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.  

ކަރީމްބެގެ ސިއްހީ ހިދުމަތަށް ބަލާއިރު، އެންމެ ފުރަތަމަ އެ ދާއިރާއަށް ނިކުތީ 1961 ވަނަ އަހަރު ހެލްތް އެސިސްޓެންޓް އެެއްގެ ވަޒީފާއިންނެވެ. އެއަށްފަހު ކަރީމްބެ ވަނީ މެދުނުކެނޑި 47 އަހަރަށް ވުރެ ގިނަ ދުވަހު އެދާއިރާގައި ހިދުމަތްކުރައްވާފައެވެ. ކަރީމްބެ މަސަްކަތުން ރިޓަޔަރކުރީ 2009 ވަނަ އަހަރުއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކަރީމްބެއަށް ވަނީ ދިވެހި ދައުލަތައް ހިދުމަތް ކޮއްދެއްވުމުގެ އިނާމު ދެއްވާފައެވެ.  

ކަރީމްބެގެ ހިދުމަތުގައި އެންމެ ފާހަގަކޮށްލެވެނީ އަތޮޅު ތަކުގައި ހުންނަވައިގެން ޓީބީއާއި ފައިލޭރިއާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އެގޮތުން ބޯން ބޭނުން ކުރާ ފެން ޓެސްޓް ކުރުން ފަދަ ކަން ކަމުގައި ކަރީމްބެ އުޅުއްވިއިރު،  ރާއްޖެ އަށް އެތެރެ ކުރާ ބޭސްތައް ޓެސްޓް ކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގައި ވެސް އުޅުއްވިއެވެ. ރަސްމީ ގަޑި ތަކުގެ އިތުރުން ނުރަސްމީ ގަޑި ތަކުގައި ވެސް ކަރީންބެ ވަނީ ދުވަސްވީ ބަލި މީހުން އަށް ވަރުވާ ކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރައްވާފަ އެވެ. 

ކޮމެންޓް
8
ކަރީމް ެގެފުރާނަފުޅަށްރަޙުމަތްލައްވައި ޢާއިލާއަށްކެއްތެރިކަންދެއްވާށި އާމީން⁹
17 Jul 2025
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް