ރައީސް ޑރ.މުއިއްޒު ނ.ލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ..
ހަބަރު
22 Jul 2025 | 11:39
މިއަހަރު ނިމެންވާއިރަށް ނ.ލަންދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމާލެވޭނެ: ރައީސް ޑރ.މުއިއްޒު

ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން ނ.ލަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް ނިންމާލެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއއިއްޒު ވިދާޅުވެއްޖެއެވެ.

ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު ނ.ލަންދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ ނ.ލަންދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ލަންދޫގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމި މަޝްރޫޢުތަކުގެ ތެރެއިން އެރަށުގައި ގާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފަށައި މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ލަންދޫގައި ގާއިމްކުރަނީ އިރުގެ އަލިން އުފައްދާ ކަރަންޓުން ލިބޭ ހަކަތަ ބޭނުންކޮށްގެން އައިސްޕްލާންޓް އޮޕަރޭޓްކުރާ ގޮތަށެވެ. މިއާއެކު 15 ޓަނުގެ އައިސް އުފެއްދުމާއެކު 30 ޓަނުގެ ސްޓޯރޭޖާއެކު ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް ވިދާޅުވީ އައިސްޕްލާންޓްގެ މަސައްކަތް ލަސްވީ ނަގަންޖެހޭ ހުއްދަތަކެއް ހުރުމުން ކަމަސާއި، ނަމަވެސް މިކަން ނިމި ކުރިއަށްއޮތް ދުވަސްތަކުގައި އަމަލީ މަސައްކަތްތައް ފެށިެގންދާނޭކަމަށެވެ.

މިއީ ތިމާވެށީގެ ދާއިރާއިން ލިބިފައިވާ ފަންޑެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެއްވީމައި އޭގައި ނަގަންޖެހޭ ހުއްދަތަކެއް ހުރީމައި ވަގުތުނެގީ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވަނީ އައިސްޕްލާންޓްގެ އިތުރުންވެސް ލަންދޫގެ ފެނުގެ މަސައްކަތާއި ސިއްހީމަރުކަޒާއި ސްކޫލުގައި އިތުރު ވަސީލަތްތައް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ފެނުގެ މަސައްކަތްތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެ، އެމްޑަބްލިއުއެސްސީން އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަދުދުވެފައިވާ ލަންދޫގެ ގިރާ ސަހަރައްދުގެ މަސައްކަތާއި މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސެޕްޓެމްބަރުމަހުގެ ތެރޭގައި ސޮއިކޮށް އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.