ރައީސް ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ..
ހަބަރު
23 Jul 2025 | 12:14
އެއްގޮތަކުން ބަލާއިރު އެމްޑީޕީގެ މެމްބަރުން މާ ރަނގަޅު: ރައީސް ޑރ.މުއިއްޒު

އެއްގޮތަކުން ބަލާއިރު، ދައިރާގެ ތަރައްޤީހގެ ކަންކަން ކުރިއަށްގެންދިއުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން މާ ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު ވަނީ ފޮއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއްކަމުގައި ވާނަމަ، ހިޔާލުތަފާތުވުން އެއްވެސްވަރަކަށް ރައްޔިތުންގެ ކުރިމައްޗަށް ގެނެސްގެން ނުވާނޭކަމަށެވެ. އަދި މިކަމުގައި ހުރިހާ އެންމެންވެސް މަސައްކަތްކުރަން ޖެހޭނީ ޕްރޮފެޝަނަލްކޮށް ޒިންމާދާރުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނ.އަތޮޅު ވެލިދޫ ދައިރާގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ބަލާއިރު، އެދާއިރާ ތަމްސީލްކުރައްވާ މަޖިލީހުގެ މެމްބަރުގެ ފަރާތުން ސަރުކާރަށް ހުރަސްތައް ކުރިމަތިކުރުވަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު އެމްޑީޕީގެ މެމްބަރުން އެއްގޮތަކުން މާ ރަނގަޅުކަމަށެވެ. އެގޮތުން އެބޭފުޅުންގެ ފަރާތުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުއްވުންފަދަ ކަންކަން ފެނިގެން ނުދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

 ހަގީގަތުގައި އެމްޑީޕީގެ އެމްޕީސްގެ ކިބައިންވެސް އެއްގޮތަކުން މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަގޮތް. އެއީ އެބޭފުޅުން އެއްވެސްވަރަކަށް ނުބެހޭ ކަންކަމާ. އެބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާހަމަޔަށް އާއިރު އަޅުގަނޑާ ހަމަޔަކަށް ނާދޭ. އެހެންވީމައި އެއްގޮތަކުން ކަންކަންކުރަން މާ ފަސޭހަ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ފޮއްދޫ ހިމެނޭ ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭތަނުގައި ހުރަސްތައް ކުރިމަތިކުރާކަމީ ދެރަކަމެއްކަމަށެވެ.

ރައްޔިތުން މަޖިލީހުގައި ވެލިދޫ ދައިރާ ތަމްސީލްކުރައްވަނީ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބަދަލު ދިނުމަކާ ނުލައި ދަނޑުވެރިކަމަށް ސަން ސިޔާމަށް ދޫކޮށްފައި އޮތް މިނާވަރުއަތުލަން ނޯޓިސް ފޮނުވި މައްސަލާގައި ސިޔާމް ނިސްބަތްވާ އެމްޑީއޭ އާއި ސަރުކާރާ ދެމެދު ގުޅުންވަނީ ވަރަށް ގޯސްވެފައެވެ. އެގްރިކަލްޗާ މިނިސްޓްރީން އެރަށް އަތުލަން ނިންމީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ރަށުގައި މަސައްކަތްތައް ނުކުރުމެވެ. މި މައްސަލާގައި ސަރުކާރާއި ރައީސް ޑރ.މުއިއްޒަށް އެންމެބޮޑު ފާޑުކިއުމެއް އަމާޒުކޮށްފައިވަނީ، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް އެވެ.

ފޮއްދޫ ޖަލްސާގައި ރައީސް ވިދާޅުވީ ބައެއް މެމްބަރުންގެ އަމަލުތައް އެހެން ހުރިނަމަވެސް ކަންބޮޑުނުވާކަމަށާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ސީދާ ރައްޔިތުން ގާތަށް، އަދި އެކަމައިގެން ކުރިއަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.