ރައީސް ޑރ.މުއިއްޒު ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ..
ހަބަރު
23 Jul 2025 | 23:44
ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން: ރައީސް

ނއަތޮޅު ވެލިދޫއަށް ހާއްސަކޮށް ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، އެރަށަށް ސީޕްލޭން އޮޕަރޭޝަން ފަށައިދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު އެރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަންނަ ޖެނުއަރީމަހުގެ ތެރޭގައި ވެލިދޫއަށް ސީޕްލޭން އޮޕަރޭޝަން ފަށައިދޭނޭކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ވެލިދޫގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން ކުރުމަށް ރާވާފައިވާކަމަށެވެ. މިގޮތުން ކުޅިވަރުގެ ދާއިރާއާއި، ތައުލީމާއި، ސިއްހަތުގެ އިތުރުން އުމްރާނީ ތަރައްޤީގެ ކަންކަން ހިމެނެއެވެ.

ރައީސް ވިދާޅުވީ ވިހަފަރުގައި އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށާއި، އެ އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށައި ބާރު ސްޕީޑުގައި އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށްގެންދާނޭކަމަށެވެ. ރައީސް ވިދާޅުވީ އެ އެއާޕޯޓް ވެގެންދާނީ ވެލިދޫ އާއި ވަށައިގެންވާ ރަށްތަކުގެ އިތުރުން ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް އަދި ޖުމްލަކޮށް މުޅި އަތޮޅަށްވެސް ފައިދާވާނޭ މަޝްރޫޢުއަކަށްކަމަށެވެ.

ރައީސް ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

އަދި ވިހަފަރު އެއާޕޯޓް މަޝްރޫޢުއަކީ ދެކޮޅުޖެހޭނޭ މަޝްރޫޢުއެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓް ގާއިމްކުރެވެންދެން އަދި ފަހުން ބޭނުންކުރުމަށް ނަމަވެސް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް ޖެނުއަރީމަހުގެ ތެރޭގައި މޫދަށްޖައްސާ ބޯޓުގެ އޮޕަރޭޝަންތައް ފައްޓަވައިދެއްވާނޭކަމަށެވެ.

އަދި ހަމަ އެގޮތަށް އަންނަ އަހަރުގެ ޖެނުއަރީމަހަށް ވެލިދޫއަށް ހާއްސަކޮށް މިރަށުގައި ސްޓޭޝަންކޮށް ބާއްވާ ސީ އެމްބިއުލާންސެއް ގާއިމްކޮށްދޭނަން

ރައީސްަ ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައިސް ވަނީ ވެލިދޫގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެރަށުގައި ހައުސިން މަޝްރޫޢުއަކާއި، ތައުލީމީ މަރުކަޒަށް ބޭނުންވާ އިތުރޔު ކްލާސްރޫމްތައް އެޅުމާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވާނޭކަމަށެވެ. މީގެ އިތުރުން ވެލިދޫ މަގުތައް ހެދުމުގެ މަސައްކަތާއި، އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ އިތުރުން ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.