ރައީސް މުޢިއްޒު ޅޮހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން- ފޮޓޯ/ ވޮއިސް
ހަބަރު
24 Jul 2025 | 15:43
ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

ނ. ޅޮހީގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާ އަޅާ ސަރަހައްދެއް ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. ޅޮއްސަށްް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެރަށުގެ ރައްޔިތުން މިއަދު އެދިވަޑައިގެންނެވި ކަންކަމުގައި ޢަމަލީ ސިފަޖައްސަވައި ދެއްވައި، އެ ހުރިހާކަމެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ޅޮހީގެ ބަނދަރު އެންމެ އެދެވޭގޮތުގައި ހުރިހާ މޫސުމެއްގައި ފުރިހަމައަށް ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަމަށާ، އެކަމުގެ ފަންނީލަފައާއެކު، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ދިގުމުއްދަތަކަށް ބަނދަރުގެ ބޭނުންހިފޭނެގޮތަށް އެ މަސައްކަތް ނިންމަވައިދެއްވާނެކަމަށެވެ.

އަދި، ނ. ޅޮހީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ދެވޭގޮތަށް ޢިމާރާތް އެޅުމަށް ބަޔަކާ ޙަވާލުކޮށް މިއަހަރުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށޭނެކަމަށާ، އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ވަސީލަތްތައް ފުރިހަމަވެފައިވާ ޢިމާރާތެއް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރު ފެށޭނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.

ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި އިފްތިތާޙުކުރެއްވި ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯރ ޖިމްގެ މަސައްކަތްތާއި، މިހާރު މަސައްކަތް ކުރިއަށްދާ ފުޓްބޯޅަ ދަނޑުގައި ބޮކިޖަހައި، ރޭގަނޑު ކުޅެވޭނެގޮތަށް، ވޮލީކޯޓެއްވެސް އަޅުއްވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ޅޮހީގެ ރާޅާ އަޅާ ސަރަހައްދަކީ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތަކާއި ކަންކަން ކުރެވޭ ފެންވަރުގެ ތަނަކަށް ހަދާނެ ކަމަށް އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައި އޮތް ވައުދެއް. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު ކުރިއަށް ގެންގޮސްދޭނަން. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށައިދޭނަން 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.