ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ
24 Jul 2025 | 20:08
މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީއަށް ދައުވަތު ދެއްވީތީ ސޯލިހުގެ މަރުހަަބާ ރައީސަށް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ އިހުތިފާލުތައް ޝަރަފުވެރިކޮށްދެއްވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަަ މޯދީއަށް ދައުވަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

މޯދީ ރާއްޖެއަށް ވަޑައިގަންނަވާތީ ރައީސް ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުލައި 25 ވަނަ ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމާއެކު، ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފަދަ ޒިޔާރަތަކަށް މޯދީގެ ޒިޔާރަތްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހުތިފާލުތައް ޝަރަފުވެރިކޮށްދެއްވުމުގެ ދައުވަތު މޯދީއަށް އެރުއްވީތީ ސޯލިހުވަނީ ރައީސް ޑރ.މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. 

އަދި މޯދީގެ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އެކި ދާއިރާތަކުން ގާއިމުވެފައި އޮތް، ދެމިގެންދަނިވި ގުޅުމުގެ ވަރުގަދަ ދަލީލެއް ކަމުގައި ސޯލިހު ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ މިހައި ދަތި ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި މިފަދަ މަތީ ފަންތީގެ ދަތުރުފުޅެއް ރާއްޖެއަށް މޯދީ ކުރެއްވުމަކީ، އިންޑިޔާއިން ދިވެހި ރައްޔިތުންނާމެދު ބާއްވާ ފުން އިހުތިރާމު ދައްކުވައިދޭ ކަމެއް ކަމަށެވެ. 

"މި ދަތުރުފުޅުން ސާބިތުކޮށްދެނީ ސިޔާސީ ގޮތުން ރުޅިއެރުވި ނަމަވެސް އަބަދުވެސް އިންޑިޔާއަކީ ރާއްޖެއަށް ބަރޯސާވެވޭ ޒަމާނާއެކު އިމްތިހާނުވެ އިތުބާރު ލިބިފައިވާ ރަހުމަތްތެރިއެއްކަން،" ސޯލިހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

ސޯލިހު އިތުރަށް ވިދާޅުވީ މޯދީގެ ދަތުރުފުޅަކީ ފުރިހަމަ ކާމިޔާބު ދަތުރުފުޅަކަށްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރު އުސްމިންތަކަކަށް އުފުލިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. 

ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ރާއްޖެއަށް ޖުލައި 25 ވަނަ ދުވަހު ވަޑައިގަންނަވާއިރު، މިއީ މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މޯދީ ރާއްޖެއަށް ވަޑައިގަތީ ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. 

އޭގެ ފަހުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި މުހިއްމު ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަރުވާ އެންމެ މަތީ އިއްޒަތް ކަމުގައިވާ "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު" އަރުވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.