ވިކްޓޯ ޔޯކެރޭސް
ކުޅިވަރު
26 Jul 2025 | 01:41
ވިކްޓޯ ޔޯކެރޭސް އާސެނަލްއަށް

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއަށް ކުޅެމުންއައި ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭސް އާސެނަލްއަށް ވިއްކާލުމަށް ސްޕޯޓިން ކުލަބުން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުފައި އުމުރުން 27 އަހަރުގެ ފޯވާޑް ވިއްކާލުމަށް ސްޕޯޓިން ލިޒްބަން އިން އެއްބަސްވީ 73.5 މިލިއަން ޔޫރޯ (87 މިލިއަން ޑޮލަރު) ގެ ޓްރާންސްފަރ ފީއަކަށެވެ. އެއީ ފުރަތަމަ 63.5 މިލިއަން ޔޫރޯ ދެއްކުމަށްފަހު ބޯނަސްގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯގެ އަގެއް ހިމަނައިގެންނެވެ.

މީގެ އިތުރުން އާސެނަލް އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމައްޓަކައި ސްޕޯޓިންގެ ހުއްދައާ އެކު ރޭގެ ވަގުތެއްގައި ޔޯކެރޭސް ލަންޑަނަށް ގޮސް،ފައިވާއިރު، މިއަދުގެ ވަގުތެއްގައި މެޑިކަލް ފުރިހަމަ ކުރުމަށް ފަހު، އާސެނަލްގެ އޭޝިއާ ޓުއާގައި ޔޯކެރޭސް ބައިވެރި ވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއާ ޓުއާގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރުގައި އޭސީ މިލާނާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަންނަ އާދިއްތަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުމަށް ފަހު ބުރާސްފަތި ދުވަހު ހޮންގް ކޮންގްގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅެން ވަނީ ތާވަލް ކޮށްފަ އެވެ.

ޔޯކެރޭސް އާސެނަލް އަށް ބަދަލުވާން ބޭނުންވެގެން ސްޕޯޓިންގެ ޕްރީސީޒަން ފަރިތަކުރުންތަކުގައި ބައިވެރި ނުވުމުގެ އިތުރުން ޓްރާންސްފާގެ މުއާމަލަތުގައި އާސެނަލުން ސީދާ ކުޅުންތެރިޔާއި ވާހަކަ ދެއްކުމުން، އެ ސްޕޯޓިންގެ ރައީސް ފްރެޑްރީކޯ ވެރަންޑަސް، ވަނީ އެކަމާއި ހިތްހަމަނުޖެހި ނުރުހުންފާޅު ކޮށްފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އާސެނަލް އިން ވަނީ ޗެލްސީގެ ކުރީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އާއި އިނގިރޭސި ވިންގާ ނޮނީ މަޑުއެކޭ އަދި ވެލެންސިއާގެ ޑިފެންޑަރު ކްރިސްޓިއަން މޮސްކޭރާގެ އިތުރުން ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އަދި ބްރެންޓްފޯޑްގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ވެސް އެޓީމަށް ސޮއި ކުރުވައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ