ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިންނާއެކު މޯދީ، ފޮޓޯ: އެކްސް
ހަބަރު
26 Jul 2025 | 14:22
އެމްޑީޕީއާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ވެރިންނާ މޯދީ ބައްދަލުކުރައްވައިފި

އިދިކޮޅު އެމްޑީޕީއާއި އެހެނިހެން ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ރަސްމީ ދައުވަތުފުޅަކަށް އިއްޔެއާއި މިއަދު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން ހުންނެވި މޯދީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވީ އެމަނިކުފާނު ހުންނެވި ކުރުނބާ އައިލެންޑް ރިސޯޓުގައެވެ. 

މޯދީވަނީ އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުންގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފއެވެ. އަދި އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައިވެއެވެ. 

އޭގެ އިތުރަށް ސަރުކާރު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންަބަރު ގާސިމް އިބްރާހީމާއި، އެ ޕާޓީގެ ވެރިންނާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި، އެ ޕާޓީގެ ލީޑަރުންނާއި، މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސްގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ މޯދީ ބައްދަލުކުރެއްވިއެވެ. 

އެ ބައްދަލަުވުންތަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ސިޔާސީ ދާއިރާގެ ތަފާތު ޕާޓީތަކުގެ ލީޑަރުން އެމަނިކުފާނާ ބައްދަލުކުރެއްވުމަކީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ތާރީހީ ގުޅުމަށް ދެ ފަރާތުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. 

މޯދީ ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ގުޅުމަށް އެންމެ ބޮޑު އެހީއެއްވަނީ ދެ ގައުމުގެ މެދުގައި އޮތް ހިއްސާވަނިވި އަސާސްތަކުންނެވެ. 

މޯދީ ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އިންޑިޔާއާ ރާއްޖެއާ ދެމެދު މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށުމުގެ ފަހުމުނާމާ ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.