ވީއައިއޭގެ އައު ޓާމިނަލުން ފުރަތަމަ ހިދުމަތް ލިބުނު ފުލައިޓް އެއޮރޮ ބްރިޖާ ގާތްކޮށްފައި، ފޮޓޯ: އެމްއޭސީއެލް
ހަބަރު
27 Jul 2025 | 19:02
އައު ޓާމިނަލް އޮޕަރޭޝަނަށް؛ އަމާޒު ޓޫރިޒަމް ސީޒަނުގެ ކުރިން ހުރިހާ އެއާލައިނަކަށް ހިދުމަތް ދޭން ފަށަން

ރޭ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އޮޕަރޭޓުކުރަން ފަށައި، މި އަހަރުގެ ޓޫރިޒަމް ޕީކް މޫސުމުގެ ކުރިން ހުރިހާ އެއާލައިނަކަށް އެ ޓާމިނަލުން ހިދުމަތް ދިނުމަށް އެމްއޭސީއެލްއިން އަމާޒު ހިފައިފިއެވެ. 

މިއަދު އައު ޓާމިނަލުން ފުރަަތަމަ ފަހަރަށް މަތިންދާބޯޓަކަށް މަރުހަބާ ކިޔައި، ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. ފުރަތަމަ ޓާމިނަލްގެ އެއޮރޯ ބްރިޖާ ގުޅައިލި މަތިންދާބޯޓަކީ ގައުމީ އެއާލައިނުގެ Q2-707 އެވެ. އެއާބަސްގެ އޭ-330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން މިއަދު ރާއްޖެއަށް އައެވެ. 

އެ މަތިންދާބޯޓުގައި އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި މަތިންދާބޯޓަށް ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔައިފައިވެއެވެ. 

ޓާމިނަލުން ފަސިންޖަރުންނަށް މަރުހަބާ ވިދާޅުވީ މާލީ ވަޒީރު މޫސާ ޒަމީރާއި، ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު އިބްރާހީމް ތޯރިގާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދާއި އެ ކުންފުނީގެ ޗެއާމަން އައިޝާ ނޫރައިން ޖަނާހެވެ. 

އޭގެ އިތުރަށް އެމްއޭސީއެލްގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި، ގައުމީ އެއާލައިންގެ ސީއީއޯ އިބްރާހީމް އިޔާސްއާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

އަލަށް ޓާމިނަލުން ހިދުމަތްދިން މަތިންދާބޯޓުގައި ރާއްޖެއަށް އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކެއް ބާއްވާފައިވާއިރު ކޮންމެ ފަސިންޖަރަކަށް ފިނިފެންމަލުގެ ހަދިޔާއެއް ދީފައިވެއެވެ. 

އަދި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަަންއަށް ފިލައެއް އަރުވާފައިވެއެވެ. އެ ފިލާ އެރުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރެވެ. 

އެމްއޭސީއެލްއިން ބުނި ގޮތުގައި ފުރަތަމަ ގައުމީ އެއާލައިނަށް އައު ޓާމިނަލަށް ހިދުމަތް ދޭން ފެށި ނަމަވެސް މަޑުމަޑުން އެހެނިހެން އެއާލައިންތަކަށް ޓާަމިނަލުން ހިދުމަތް ދޭން ފަށާނެއެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރާއްޖޭގެ މިންގަނޑުތަކާ އެއްގޮތަށް އެއާލައިންތައް އައު ޓާމިނަލަށް ބަދަލުކުރާނީ ފަހަރަކު އެއާލައިނެއް ބަދަލުކުރާ ގޮަތަށެވެ. 

އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މި އަހަރުގެ ޓޫރިޒަމް ޕީކް މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނަކަށް އައު ޓާމިނަލުން ހިދުމަތް ދޭނެ ފެށުންކަމަަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

އައު ޓާމިނަލްގެ ފާހަގަކޮށްލެވޭ ބައެއް ހިދުމަތްތައް:

- ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު

- ސެލްފް ޗެކިން ހަ ކިއޯސްކް

- އިމިގްރޭޝަން ކްލިއަރ ކުރުމަށް 20 ކައުންޓަރު

- 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު

- ފަސް ބެގޭޖް ކްލެއިމް ބެލްޓް

- 6 ފަސެންޖަރ ބޯޑިން ގޭޓް

ކުލަގަދަ ރަސްމިއްޔާތަކާއެކު އައު ޓާމިނަލް ހުޅުވާފައިވަނީ މިނިވަންދުވަހާ ދިމާކޮށް ރޭ ބޭއްވި ހައްސަ ހަފްލާއެއްގައެވެ. އައު ޓާމިނަލް ތަރައްޤީކުރުމަށް 5 ބިލިއަން ރުފިޔާ ހޭދަވިއިރު، އެ ޓާމިނަލުން އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭނޭކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.