ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ޓަވަރުތައް
ހަބަރު
30 Jul 2025 | 09:42
އެފްޑީސީން އެބުނާ ކަންކަމަކީ އެއްބަސްވުމުގައި ހިމެނޭ ކަންކަމެއްނޫން: އެމްޑީޕީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކުރަމުންދާ ފްލެޓްގައި ކޮންޓްރެކްޓަރާއެކު ކުރުމަށް އެއްބަސްވި ބައެއް ކަންކަން އެމްޑީޕީ ސަރުކާރުން އުނިކުރިކަމަށް އެފްޑީސީން ބުނި ވާހަކަތައް އެމްޑީޕީން ދޮގުކޮށްފިއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ސަރުކާރުން ފްލެޓްތަކުގެ ސެކިއުރެޓީ ސިސްޓަމްގެ އިތުރުން އިންޓަރނެޓާއި، ކުނިނައްތާލާ ނިޒާމްގެ މަސައްކަތާއި، ގާބޭޖް ޝޫޓް ފަދަ ހިދުމަތްތައް އެއްބަސްވުމުން އުނިކޮށްފައިވާތީވެ މިހާރު އެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.

ނަމަވެސް ހަމްދާނުގެ މި ވާހަކަތަކާ ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ހަމްދާނު ފާހަގަކޮށްފައިވާ ވާހަކަތައް ދޮގުކޮށް އެކަމުގައި ރައީސް ސޯލިހުގެ ސަރުކާރުން އަމަލުކުރިގޮތް ސާފްކޮށްދީފައެވެ.

ހަމްދާނުގެ ޕޯސްޓް

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެފްޑީސީގެ އެމްޑީ ފާހަގަކޮށްފައިވާ ކަންކަމަކީ އެ މަސައްކަތްތަކަކީ ޓަވަރުތަކުގެ މަސައްކަތް ކޮންޓްރެކްޓަރު ނިންމުމާ ގުޅިގެން ސަރުކާރާއި އެފްޑީސީން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އެކަންކަން ކުރުމަށް ތައްޔާރުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން އެކިއެކި މަޝްވަރާ ބައްދަލުވުންތައ ްބާއްވައި އެކަން ކުރާނެގޮތް ރާވައި، އެކަންކުރާނެ ފަރާތްތައްވެސް ކަނޑައަޅާފައިވާނޭކަމަށެ. އަދި ހަމައެހެންމެ އެ މަސައްކަތްތަކަށް ދާނޭ ހަރަދު ސަރުކާރުން ކުރުމަށް ނިންމާފައިވާނޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެމްޑީޕީގެ ބަޔާނުގައި ބުނީ، ކަމެއް އުނިކުރެވޭނީ އެއްބަސްވުމުގައި އެ މަސައްކަތްތައް ކުރުމަށް ހިމެނިފައިވާނަމަ ކަމަށާއި، ކުރީ ސަރުކާރުން އެއްބަސްވުމުގައި ހިމެނޭ އެކަންކަން އުނިކުރިކަމަށް ދައްކަމުންގެންދާ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އެ ވާހަކަތައް އެގޮތަށް ފަތުރަމުންދަނީ ސަރުކާރުން އެކަންކަން ކުރުމުގެ ގާބިލުކަން ނެތުމުންކަމަށާއި، ފްލެޓްތަކުގައި މީހުންނަށް ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ ޒިންމާއިން ރެކިގަތުމުގެ ބަދަލުގައި ޒިންމާދާރުކަމައިގެން އެކަންކަން ކުރަން ޖެހޭކަމަށާއި، އަސާސީ އެކަންކަން ފުރިހަމަކޮށްދީ ނިންމުމަށް ގޮވާލާކަމަށެވެ.

ސަރުކާރުން މިހާރު ދަނީ ފްލެޓްތައް ލިބުނު ފަރާތްތަކާ އެއްބަސްވުންތައް ގާއިމްކުރުމުެގ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 100 އަށްވުރެ ގިަނ މީހުންނާ އެއްބަސްވުންތައް ހަދާފައިވާއިރު، މި މަސައްކަތް އަންނަ ސެޕްޓެމްބަރުމަހުެގ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ