ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޖަމީލް އައްޔަނު ކުރެއްވުން -- ފޮޓޯ: ހައިކޯޓް
ހަބަރު
04 Aug 2025 | 03:35
ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޖަމީލް އައްޔަނު ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ލ. މާވަށް ނަލަމަލަ، ޢަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަނު ކުރައްވައިފި އެވެ.

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޖަމީލް އައްޔަނު ކުރައްވާފައިވާ ކަން ހައިކޯޓުން މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ. ޖަމީލު، ހައިކޯޓްގެ ފަނޑިޔާރަކަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޖޭއެސްސީގެ ރައީސް ރިޒާ އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވުމުން އެ މަގާމަށް ހުޅުވާލި އެވެ. ޖޭއެސްސީން ބުނީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދު އައްޔަނުކުރުމަށް ކުރުމަށެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޖަމީލް އައްޔަނު ކުރެއްވުން -- ފޮޓޯ: ހައިކޯޓް

ނަމަވެސް ޝަހީދަކީ ސިޔާސީ މަގާމުތަކެއް ފުރުއްވާ އަދި ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވި ބޭފުޅަކަށް ވުމުން އާންމުންނާއި އިިދިކޮޅު ސިޔާސީ ވެރީންނާއި ގާނޫނީ ބޭފުޅުން އަމާޒުކުރެއްވި ފާޑުކިޔުންތަކާއެކު ނަން ނެންގެވުމަށް ނިންމެވީ އެވެ..

ހައިކޯޓަށް އައްޔަނު ކުރެއްވި ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ޖަމީލް ވަނީ ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Aug 2026
އައްޑޫ އަދި މާލެސިޓީގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް
އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާގެ އިތުރުން ބައެއް ކައުްނސިލަރުންގެ ތާއީދު ޝާހިދަށް ލިބިވަޑައިގެންނެވިކަން ހާމަކޮށްފައިވާއިރު ޝާހިދު ވަނީ މިދިޔަ ހުކުރުދުވަހު އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
16 Aug 2026
ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީ ހޯދައި ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 އިން ޖާގަ ކަށަވަރުކޮށްފިއެވެ.
16 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީގެ ނަން މަޖިލީހަށް
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމުގެ ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މައްސަލަ ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
16 Aug 2026
ކޮޓަރީގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
މި އަލިފާނުގެ ހާދިސާ ހިނގީ ގ.ކްރެބް ޓްރީ ގޭގެ ގޭގެ އެންމެ ތިރީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިއެއްގައެވެ. އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ނަމަވެސް، މިހާރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.
16 Aug 2026
އަޅުގަނޑު ޑެލިވަރކޮށްދޭނީ ކަންކުރާނެ، ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް
ޑެލިވަރކޮށްދެއްވާނީ ކަންކަން ކުރާނެ، މައްސަލަތަކަށް ހައްލު ހޯދައިދޭނެ އަދި ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
16 Aug 2026
20 އަހަރުގެ ޚިދުމަތަށްފަހު، ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާ ކުރައްވަނީ
ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު 20 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، ޖޭއެސްސީން އެ ހުށަހެޅުއްވުން ޤަބޫލުކޮށްފިއެވެ.
16 Aug 2026
ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮަށްފި
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އިނާޒް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނީ 515.11 ގުރާމެވެ.
16 Aug 2026
ޗައިނާ ސަފީރު ވިދާޅުވީ އެރަށަށް ކުރެވުނީ ފައިދާހުރި ދަތުރެއް ކަމަށް
އުތީމު ވާހަކަ ވައުގެ ފޮޓޯތަކެއް ހިއްސާކުރައްވައި ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީޚާ މެދު ޤައުމެއް ހިއްސާކުރާ ވިސްނުމަކީ އެ ޤައުމެއް އެކީގައި ގުޅައިދޭ ބާރެއް ކަމަށެވެ. ތާރީޚީ ތަޢުލީމުގެ ޒަރީޢާއިން ޖީލުތަކުގެ މެދުގައި ޤައުމީ ވަންތަކަމާއި ޖަމާޢީ ހަނދާންތައް ދެމެހެއްޓޭ ކަމަށް ވިދާޅުވިއެވެ.