ލަކްސަނަގެ މީޑިއާ ޕާޓްނަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން..
ހަބަރު
11 Aug 2025 | 18:16
ޕީސް ފައުންޑޭޝަނުގެ އެންމެ ބޮޑު އިވެންޓު، "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް

ޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ ޕްރޮގްރާމް "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.

"ލަކްސަނަ" ޕްރޮގްރާމަކީޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ އެންމެ ބޮޑު ހަރަކާތެވެ. ޕީސް ފައުންޑޭޝަނުން މިފަހަރުގެ ލަކުަަނަ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ށ.މިލަންދޫގައެވެ. ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ

ލަކުސަނަ ޕްރޮގްރާމަކީ އިޖްތިމާޢީ އެކިއެކި ދާއިރާތަކަށް އަމާޒު ކުރެވިގެން ހިންގާ، ތަޢުލީމާއި ތަރުބަވީ ތަފާތު ގިނަ ޕްރޮގުރާމުތަކެއް އެކުލެވޭ ކޭމްޕެކެވެ. ޕީސް ފައުންޑޭޝަނުން ބުނީ، މި ކޭމްޕުގައި ހިންގޭ ޕްރޮގްރާމްތަކުގެތޭރެގައި، ނަމާދު ވޯކްޝޮޕުތަކާއި، ޢަޤީދާ ވޯކްޝޮޕުތަކާއި އަދި މުއައްސަސާތުގެ ވެރިންނަށާއި، ޒުވާނުންނަށާއި، އިސްރައްވެހިންނަށާއި، ޓީޗަރުންނަށާއި، ބެލެނެވެރިންނަށާއި، ސްކޫލް ދަރިވަރުންނަށާއި އަދި މިނޫނަސް ރަށުގެ އެންމެހައި ރައްޔިތުން ޝާމިލުވާނޭ ގޮތަށް ބޭއްވޭ ޕުރޮގުރާމްތައް ހިމެނޭ ކަމަށެވެ.

2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން

ލަކުސަނަގެ މިފަހަރުގެ ޕްރޮގްރާމުގައިވެސް ކުރީފަހަރުތަކެކޭ އެއްގޮތަށް އެކިއެކި ދާއިރާ ތަކުން ސެޝަންތައް ނަގައިދިނުން ކުރިއަށްދާނެއެވެ. ސެޝަންތައް ނަންގަވައި ދެއްވާނީ ކަމުގެ ތަޖުރިބާ ހުރި ޢިލްމީ ބޭފުޅުން ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

މިއަހަރުގެ ލަކުސަނައިގައި ބައިވެރިވާ ޢިލްމުވެރިން

1. އައްޝައިޚް ނިމާލް މުޙައްމަދު

2. އައްޝައިޚް މުޙައްމަދު މަންޞޫރު

3. އައްޝައިޚް ޝުޢައިބް ނާޡިމް

4. އައްޝައިޚް މުޙައްމަދު ޝާހިދު

5. އައްޝައިޚް ޙާތިމް ޔޫސުފް

6. އައްޝައިޚް ޢާޒިމް ޚާލިދު

7. އައްޝައިޚް މުޙައްމަދު ސަމޫޙް

8. އައްޝައިޚާ ފާޠިމަތު މޫނިފާ

9. އައްޝައިޚް މުޙައްމަދު އަފްޟަލް

10. އައްޝައިޚް ޖަޢުފަރު މުޙައްމަދު

2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން

މިފަހަރުގެ ޕްރޮގްރާމް ކުރިޔަށް ދަނީ ށ. މިލަންދޫ ކައުންސިލާ ގުޅިގެންނެވެ. ޕީސް ފައުންޑޭޝަނުން ބުނީ، މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ރަށުގެ ހުރިހާ މުއައްސަސާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.

2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން

ޕްރޮގްރާމްގައި ބައިވެރިވާ އެހެނިހެން ފަންނީ ބޭފުޅުން

1. ޑރ. މުޙައްމަދު ނައުޝާދު: ރައީސް، ކްލިކް ކޮލެޖް

2. އަޙްމަދު މުޙައްމަދު ދީދީ: އެޗް.އާރު ޓްރެއިނަރު، އެކްސްޕަރޓް ސްޕީކަރު، ޗާޓަރޑް އެމް.ސީ.އައި.ޕީ.ޑީ

3. އަޙްމަދު އަސްލަމް: އެޗް.ޑީ.ސީ. ގެ ސްޓްރެޓެޖިކް މެނޭޖްމަންޓް ޑިރެކްޓަރ

4. މުޙައްމަދު ސާޖިދު (ކާއްޓޭ): ސީނިއަރ ވައިސް ޕްރެޒިޑެންޓް، ވީ.އޭ.އެމް

5. އަކްރަމް ޢަބްދުލްޣަނީ: ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން

6. ޝަމްވީލް މުޙައްމަދު: ޒުވާން އަރަމުންދާ ފުޓްބޯޅަ ކުޅުންތެރިޔާ

7. ޢާއިޝަތު ފަހުދާ ޚަލީލް (ހުދާ): އަންހެނުންނާއި އަންހެން ކުދިންނަށް ޕްރޮގްރާމްތައް ހިންގާނެ. ހުދާ އަކީ އިސްލާމިކް ލައިފް ކޯޗެއް، އަދި ސްކޫލް ކައުންސެލާރއެއް.

8. މުހައްމަދު ޞޮބާޙް (ޗޭ): ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަދި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަންގެ ރައީސް.

2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން

މިއީ ޕީސް ފައުންޑޭޝަނުން ހިންގާ 5 ވަނަ ލަކުސަނައެވެ. މީގެ ކުރިން މި ޕްރޮގްރާމް ހިންގާފައިވަނީ ރ. މީދޫ (2019)، ދ. ކުޑަހުވަދޫ (2022)، ތ. ގުރައިދޫ (2023) އަދި ތ. ވިލުފުށި (2024) ގައެވެ. ލަކުސަނައިގެ ޓައިޓަލް ސްޕޮންސަރ އަކީ މިފަހަރު ބީ.އެމް.އެލް. އިސްލާމިކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.