ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުން -- ފޮޓޯ: ވޮއިސް
ހަބަރު
11 Aug 2025 | 19:31
ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފި

ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ބ އަތޮޅުގެ ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ވަނީ އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާ ފެރީ އެނައުސްމަންޓް އިއްވަވައިދެއްވާފަ އެވެ.

ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުން -- ފޮޓޯ: ވޮއިސް

އެމްޓީސީސީން ވަނީ އާރުޓީއެލްގެ ހިދުމަތް ބ.އަތޮޅުގެ ރަށްތަކަށް ފެށިކަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. މިއީ އެމްޓީސީސީން އާރުޓީއެލްގެ ހިދުމަތްފެށި 11 ވަނަ އަތޮޅެވެ.

މިދިޔަ ޖޫންމަހު ރ އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައި ވަނީ ޖުލައިމަސް ނިމުމުގެ ކުރިން ބ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދޭން ފަށާނޭ ކަމަށެވެ.

ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުން -- ފޮޓޯ: ވޮއިސް

ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމުގައި މިވަގުތަށް ދެ ލޯންޗް ބޭނުންކުރާނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަހުގެ ތިންވަނަ ދުވަހާއި ކުރީ އަހުލުވެރިވުމަށް ކުރާ ދަތުރުތަކެވެ. މިދަތުރުތަކަށް ރައްޔިތުން އަތުން ފީ އެއް ނަގާފައެއް ނުވެ އެވެ. އާރުޓީއެލް ފެރީގެ ފީ ނަގަން ފެށީ އޮގަސްޓްމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުން -- ފޮޓޯ: ވޮއިސް

ބ. އަތޮޅުގެ ރަށްތަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ހަފްތާގެ 6 ދުވަހު ދިނުމަށް ވަނީ ނިންމާފައެވެ. 

އާރުޓީއެލްގެ ހިދުމަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށި މަޝްރޫއު އެކެވެ. ކުރީ ސަރުކާރުން ފެށި އެންމެ މުހިންމު އެއް މަޝްރޫއު އަކީ މިއީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ