ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަނީ.. ފޮޓޯ: ވޮއިސް
ހަބަރު
12 Aug 2025 | 15:45
ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އީއައިއޭ ހެދުމުގައި ލުއިތަކެއް

ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ލުއިވާނެހެން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް، އީއައިއޭ ހެދުމާ ބެހޭ ޤަވާއިދަށް އިސްލާހް ގެނެސްފިއެވެ.

ތިމާވެށީގެ އެއްވެސް ކަމަކަށް ބަދަލު އަންނަފަދަ މަޝްރޫޢުއެއް ނުވަތަ މަސައްކަތެއް ކުރާނަމަ އެންވަޔަރަމެންޓަލް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ތައްޔާރުކުރަން ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އަލަށް އިސްލާހްކުރި ގަވާއިދުގައިވާގޮތުން އީއައިއޭ ހެދުމުގެ މަރުހަލާ އަވަސްކުރެވޭނީ، ކެބިނެޓް ނުވަތަ ކެބިނެޓް ކޮމިޓިއަކުން އަވަސްކުރަންޖެހޭކަމަށް ކަނޑައަޅާ މަޝްރޫޢުތައް އެކަންޏެވެ. 

މިކަމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ މި އިސްލާހް ގެނައުމުގެ ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހިންގަންޖެހޭ ގައުމީ ތަރައްޤީގެ މަސްރޫޢުތައް ވީހާވެސް އަވަސްގޮތެއްގައި ކުރިއަށްގެންދަން ހުރި ކަންކަން ކުރުން ކަމަށެވެ. މިގޮތަށް އަވަސްކުރެވޭ މަސައްކަތްތައްވެސް ކުރިއަށްގެންދާނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ޤަވާއދުގެ ތެރެއިން އެ ރިޕޯޓް ހެދުމުގެ މަގްސަދުތަކުގެ ތެރެއިންކަމަށް ސަރުކާރުން ބުނެއެވެ. އަދި މިގޮތަށް އަވަސްކުރެވޭ މަޝްރޫޢުތަކަށް އީއައިއޭ ހަދަން ޖެހޭއިރު، އާއްމު އުސޫލުން ރިޕޯޓާއި އެއާ ގުޅޭގޮތުން އީޕީއޭއިން ނިންމާގޮތް އެތަނުގެ ވެބްސައިޓްގައި ޝާއިއު ކުރާނެއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، އަލަށް ގެނައި އިސްލާހަށް އަމަލުކުރެވޭނީ 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތަކަށެވެ.

ސަރުކާރުން ވަނީ އީޕީއޭ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެތަނުގެރ ނަމަށް ބަދަލުގެނެސް އިދާރީގޮތުންވެސް ބައެއް ބަދަލުތައް ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ, އީޕީއޭގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކޮށްފައެވެ.މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ގަވަރނިން ބޯޑެއްގެ ދަށުން ހިންގާ ގޮތަށް އޮތުމުގެ ބަދަލުގައި މިހާރު އެ އޮތޯރިޓީ ހިންގުން ވަނީ ތިމާވެއްޓާބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި