މީގެ ކުރިން ޒަކާތު ފަންޑް ސްކޮލަރޝިޕް ދިނުމުގެ ތެރެއިން... ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
13 Aug 2025 | 08:47
ޒަކާތު ފަންޑުންދޭ ސްކޮލަރޝިޕްތައް އަންނަ ހޮނިހިރުދުވަހު ހަވާލުކުރަނީ

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ދިނުމަށް ނިންމާފައިވާ ސްކޮލަރޝިޕްތައް އަންނަ ހޮނިހިރުދުވަހު ހަވާލުކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ޒަކާތު ފަންޑުން ދިނުމަށް ނިންމާފައިވާ ސްކޮލަރޝިޕްތައް ވަރަށް އަވަހަށް ހަވާލުކުރާނޭކަން ހާމަކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތައް އަންނަ ހޮނިހިރުދުވަހު ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކޮލަރޝިޕް އަލުން ދޭން ފެށެނީ މެދުކެނޑިފަ އޮންނާތާ 7 އަހަރު ފަހުންކަމަށެވެ. އެގޮތުން މިފަހަރު ސްކޮލަރޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަން މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ޒަކާތު ފަންޑުން މާލީ އެހީ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ 2012 ވަނަ އަހަރުގެ މާރިޗްމަހުގެ 6 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކްގެ ކެބިނެޓުންނެވެ.

ކެބިނެޓް ބައްދަލުވުން 2012 ވަނަ އަހަރުގެ މާޗް 6 ވަނަ ދުވަސް... ފޮޓޯ: ރައީސް އޮފީސް

އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީވެސް ޑރ.ޝަހީމެވެ. އެފަހަރު ޒަކާތު ފަންޑުން 20 ވިލިއަން ރުފިޔާ ސްކޮލަރޝިޕް ދެއްވުމަށް ނިންމެވިއިރު، ޒަކާތު ފަންޑުން ސްކޮލަރޝިޕަށް ފަންޑް ދިނުމަށް ނިންމީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ. އެ ހުށަހެޅުމަކީ މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންގެ ތެރެއިން އެ ފުރްޞަތު ލިބިފައިނުވާ ކުދިންނަށް ޒަކާތު ފަންޑުން އެ ފުރްޞަތު ތަނަވަސްކޮށްދިނުމެވެ.

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ނިޔަލަށް ޒަކާތު ފަންޑަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުއިރު، 30.07 މިލިއަން ރުފިޔާ އެކި ކަންކަމުގައި ހޭދަކުރެވިފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ނުސީދާގޮތުން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ކުރި ހޭދައާއި ކެންސަރުފަދަ ބަލިތަކަށް ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.