ރައީސް ޑރ.މުއިއްޒު ހިތާދޫގައި ވާހަކަދައްކަވަނީ..
ހަބަރު
13 Aug 2025 | 11:56
ކުލި ނުދައްކައިގެން މައްސަލަ ބޮޑުވި، މާމަޑުއްވަރީ އެންމެފަހުން ހިތާދޫ ރައްޔިތުންނަށް

ބ.ހިތާދޫ ރައްޔިތުންނަށް އެރަށް ކައިރީ އޮންނަ ފަޅުރަށެއްކަމަށްވާ މާމަޑުއްވަރީ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފަހު ރަށެއްގެ ގޮތުން ހިތާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހިތާދޫ ރައްޔިތުންނަށް މާމަޑުއްވަރީ ދެއްވާނޭކަން އިއުލާނުކުރައްވާފައެވެ.

މާމަޑުއްވަރިއަކީ މިހާރު ޓޫރިޒަމްގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ބަޔަކަށް ދީފައިވާ ރަށެކެވެ. ނަމަވެސް އެއްބަސްވެފައިވާގޮތަށް އެރަށުގައި މަސައްކަތް ހިނގަމުން ނުދާކަމަށް ރައީސް ޑރ.މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ ހިތާދޫ ރައްޔިތުންނަށް މާމަޑުއްވަރީ ހަވާލުކުރުމުގެ ކަންކަން ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނޭކަމަށާއި، އެކަން ނިމުނުހާ އަވަހަކަށް ހިތާދޫ ރައްޔިތުންނާ އެރަށް ހަވާލުކުރައްވާނޭކަމަށެވެ. ރައީސް ވިދާޅުވީ އުއްމީދުކުރަނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭނޭގޮތަށް މާމަޑުއްވަރި ބޭނުންކުރުންކަމަށާއި، އާއްމު ރައްޔިތުންގެ މުއްސަނދިކަން އިތުރުވުމަކީ އެމަނިކްފާނު އެންމެ ބޭނުންވެލައްވާ ގޮތްކަމަށެވެ. އެގޮތުން މާމަޑުއްވަރީ އާ ހަވާލުވާހިސާބުން މުޅި ހިތާދޫގެ ރައްޔިތުންނަށް ފައިދާވާ އުސޫލަކުން އެރަށް ބޭނުންކުރުމަކީ އެންމެ އެދޭގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

މާމަޑުއްވަރީއަކީ މީގެ ކުރިންވެސް އިގްތިސާދީ މަސައްކަތަށް ކުއްޔަށްދީގެން އެރަށުން ސަރުކާރަށް ކުލި ނުލިބިގެން މައްސަލަ ބޮޑުވި ރަށެކެވެ. އެގޮތުން މީރާއިން ވަނީ 2011 މާމަޑުއްވަރިން ދައުލަތަށް ލިބެންޖެހޭ 5.9 މިލިއަން ރުފިޔާގެ މައްސަލާގައި އެރަށް ނެގި ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

މާމަޑުއްވަރީގެ ތާރީހަށް ބަލާއިރު އެރަށަކީ ސީދާ ހިތާދޫ ރައްޔިތުންނަށް ދައުލަތުން ފަތްލިޔެ ދީފައިވާ ރަށެއްކަމަށް ތާރީހީ ބޭފުޅުންގެ ލިޔުންތަކުން އެނގެއެވެ. އެފަދަ ބައެއް ލިޔުންތަކުން އެނގޭގޮތުގައި 1777 ވަނަ އަހަރު އަލްގާޒީ މުހައްމަދު މުހިއްބުއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖްލީހުގައި ވަނީ މާމަޑުއްވަރިއަކީ ހިތާދޫ މީހުންގެ ވަގްފް ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެއީ އޭގެ ކުރިންވެސް އެރަށް އޮންނަނީ ހިތާދޫ މީހުންގެ މިލްކުވެރިކަމުގެ ދަށުގައި ވާތީއެވެ.

މާމަޑުއްވަރީ މައްސަލާގައި 248 އަހަރަށްފަހު ޤައުމުގެ ވަލިއްޔުލް އަމްރު މިއަދު މިވަނީ، އަނެއްކާވެސް ހިތާދޫ މީހުންނަށް މާމަޑުއްވަރީ ދެއްވުމަށް ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.