ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ބައެއް ބޭފުޅުން --
ހަބަރު
14 Aug 2025 | 15:36
ނަޝީދުގެ އަރިހުގައި ގާނާގައި އެމްޑީޕީގެ ވަފުދެއް، ރަސްމީ ދަތުރެއް ނޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދު, ގާނާގައި އެމްޑީޕީގެ ވަފުދަކާއި ބައްދަލު ކުރެއްވި ނަމަވެސް އެއީ ރަސްމީ ދަތުރެއް ނޫން ކަމަށާ އެ ވަފުދުގައި ހިމެނޭ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

މިވަގުތު އަދާކުރައްވަވާ މަގާމުގެ ހައިސިއްޔަތުން ރައީސް ނަޝީދު ދިރިއުޅުއްވަނީ ގާނާގަ އެވެ. ނަޝީދު ދެއްވެވި ފަރިއްކޮޅެއްގައި އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް ވަނީ އާންމުވެފަ އެވެ. ނަޝީދުގެ އަރިހުގައި ތިއްބެވީ;

* އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

* އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް

* އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް

* އެމްޑީޕީގެ ކުރީގެ މަޖިލީސް މެންބަރު އަލީ އާޒިމް

މި ބޭފުޅުންގެ ތެރެއިން ހަސަން އާއި ޝިފާޒް އަދި އާޒިމް އަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅުންނެވެ. ނަޝީދުގެ އިސްނެންގެވުމަށް އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވީ މި ބޭފުޅުންނެވެ. ނަމަވެސް ނަޝީދު ހިމެނިވަޑައިގެންނަވާހެން މި ހުރިހާ ބޭފުޅުން މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ބޮޑު ވާދައެއް އޮތް ވަގުތެއްގައި ގާނާގައި މި ބޭފުޅުން ބައްދަލްކުރައްވާފައިވާއިރު ފައްޔާޒްގެ ގާތް ބޭފުޅުން އަދި ރައީސް ނަޝީދުގެ ގާތް ބޭފުޅުންނާއި މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ވަނީ މިއީ ރަސްމީ ދަތުރެއް ނޫން ކަމުގައި ވިދާޅުވެފަ އެވެ. އަދި މިއީ އަމިއްލަ ދަތުރެއް ކަމަށް ވިދާޅުވި އެވެ.

މި ދަތުރުގެ ބޭނުމެއް އަދި ވަކި ޚާއްސަ މަޝްވަރާއެއް ކުރައްވާފައިވާ ކަމަކަށް ވިދާޅެެއް ނުވެ އެވެ.

ދަ ޑިމޮކްރެޓްސް ދޫކޮށްލުމުގެ ކުރީން ވެސް ނަޝީދު އިސްވެ ހުންނަވާ އެ ޕާޓީގެ މެންބަރުން ވަނީ ފައްޔާޒަށް މެންދުރުގެ ފަރިއްކޮޅަކަށް ދައުވަތު ދެއްވާފަ އެވެ.

ކޮމެންޓް
ދޮންދުބުރިމާ
އަނެއްކާ ރައީސް ސޯލިހް އަށް ކިހާވަރެއްގެ އޮޅުވާކުމެއްބާ މިތަނުން ދެއުޅިއެއްނުވާ މީހާ ދޭނީ
14 Aug 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.