ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު އަވަށެއް..
ދުނިޔެ
17 Aug 2025 | 09:02
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 340 ހަށް އަރައިފި

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އެކި އަވަށްތަކުން މަރުވި މީހުންގެ އަދަދު 340 ހަށް އަރައިފިއެވެ.

އެޤައުމުގެ ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ، އުތުރުގެ ޕްރޮވިންސް ހިސާބުތަކަށް ކުރި ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގާދިޔަ ހާދިސާތަކުގައި 340 މީހަކު މަރުވެފައިވާކަމަށް މިހާތަނަށް ޔަގީންކުރެވިފައިވާކަމަށެވެ. މަރުވިމީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެއޮތޯރިޓީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި މަގުތައް ހަލާކުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް ކަމާބެހޭ އިދާރާތަކުން ވާސިލްވުމުގައިވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު ސީދާ ޔަގީންކުރަން އުނދަގޫވެފައިވާކަމަށް ޕީޑިއެމުން ބުންޏެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށްއޮތް ތިން ދުވަހަކީވެސް މޫސުން ވަރަށްބޮޑަށް ގޯސްވާނެ ދުވަސްތަކެއްކަމަށް ބުނެފައެވެ. ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެންމެބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަކީ ޚައިބަރު ޕަޚްތުންޚްވާން ޕްރޮވިންސް އެވެ.

ޕާކިސްތާނަށް ކުރި ވިއްސާރާގައި ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން.. ފޮޓޯ: ޓްރިބިއުން

ވިއްސާރާގައި ލިބުނު ގެއްލުންތަކަށް އެހީވުމަށް ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާން ޕްރޮވިންސް އޮފީހުން ވަނީ އެހީގެ މަސައްކަތްތަކަށް 3 ބިލިއަން ރުޕީސް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީގެ ގޮތުގައި އެމީހުންގެ އެއްދުވަހުގެ މުސާރަ ދިނުމަށް ނިންމާފައިކަމަށް އެޤައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނަކީ އެޤައުމަށް ކުރާ މޫސުމީ ވިއްސާރާގައި ވަރަށްބޮޑަށް ގެއްލުންލިބޭ ޤައުމެކެވެ އެންމެފަހުން 2022 ވަނަ އަހަރު އެޤައުމަށް ކުރި ވިއްސާރާގައި 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ގެއްލުންލިބި 9 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. މީގެ އިތުރުން ދެހާހާ ގާތްކުރާ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް